ދިވެހިރާއްޖޭގެ ކަނޑުގެ ސަލާމަތީ ފައުޖެއްގެ ގޮތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޚާއްޞަ ޔުނިޓެއް އިއްޔެ އިފްތިތާޙްކޮށްފިއެވެ.

މިގޮތުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އެލީޓް ޔުނިޓް، ސްޕެޝަލް ބޯޓް ސްކޮޑްރަން (އެސްބީއެސް) އިފުތިތާހު ކޮށްދެއްވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އިއްޔެ ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްޞަ ހަރަކާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

އެސްބީއެސް އަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ތެރޭގައި ޚާއްޞަ ތަމްރީނު ލިބިފައިވާ އެލީޓް މެރިޓައިމް ޔުނިޓެކެވެ. މިއީ މެރިޓައިމް ޑޮމެއިންގައި ރެޕިޑް ރެސްޕޮންސްއާއި ހައި ސްޓޭކްސް އޮޕަރޭޝަންތަކަށް ޚާއްޞަ ޔުނިޓެކެވެ.

މި ޔުނިޓަކީ، އަންޑަވޯޓަރ ޑެމޮލިޝަންއާއި، ޓެރަރިޒަމްގެ ޢުދުވާންތަކާއި، ކަނޑުފޭރުމާއި، އާމްޑް ރޮބެރީގެ އިތުރުން މަސްތުވާތަކެތީގެ ވަގުފާރިއާއި، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ ޢަމަލުތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަން ތަކުގައި ހަރަކާތްތެރިވުމަށް ތަމްރީނުދެވިފައިވާ، އަދި އެފަދަ ހާލަތްތަކަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބޭނެ ފައުޖެއްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިއީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމާއި، ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތްޕުޅަށް އިތުރުވެގެންދާ ބޮޅެއްކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

.