މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,460 Stories
3,751 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސް އދ.އަތޮޅުގެ ތިން ރަށަކަށް
Raajje

ރައީސް އދ.އަތޮޅުގެ ތިން ރަށަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ (އދ.އަތޮޅު) ގެ ތިން ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ އދ. ދަނގެތި، މަހިބަދޫ އަދި އޮމަދުއަށް ކަމަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ރައީސް ބައްދަލުކުރަށްވާނެ އެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކ...

ބްރޯޑްކޮމަށް މުހަންމާ އައްޔަނުކުރަން ނަން ފޮނުވައިފި
Raajje

ބްރޯޑްކޮމަށް މުހަންމާ އައްޔަނުކުރަން ނަން ފޮނުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުންގެ މަގާމަށް ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފި އެވެ. ފިލްމީ ދާއިރާގައި ސަމާސާ، މަޖާ ރޯލުތައް ކުޅުމުގައި މަގުބޫލުކަން ހޯދި، އަދި ފިލުމާއި ޑްރާމާ އުފައްދާ ނެރުމުގައި މަސައްކަތްކުރާ މުހައްމާ ވަނީ މީގެ ކުރީން. 18 ވަނަ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ފުރުއްވާފައެވެ. ބްރޯޑްކޮމްގެ ދެ މެ...

އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ: މިނިސްޓްރީ
Raajje

އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތެއް ނުގެއްލޭނެ: މިނިސްޓްރީ

މިއަދު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ގެދޮރުވެރިކަމާބެހޭ އެއްވެސް މައުލޫމާތަކަށް އަސަރެއް ނުކުރާނެކަމަށް މިނިސްޓްރީން ބުނެފިއެވެ. މިއަދު ހެނދުނު ހައުސިން މިނިސްޓްރީއާއި ކޮންޓްރަކްޝަން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވުމުގެ ސަބަބުން އެ އިމާރާތް އެއްކޮށްހެން ވަނީ އަނދާފައެވެ. މި ހާދިސާއާއި ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، މި ހާދިސާ އެއްވެސް މުވައްޒަފަކަށް އަނިޔާ ނުވާކަމަށެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބަލަހައްޓަމުންދާ ގެދޮރުވެރިކަމާބެހޭ ސްކީމްގެ އެއްވެސް މައުލޫމާތަކަށް އަސަރު ނުކުރާނެ...

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި
Raajje

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވުން: ބައެއް ގޭތަކުން މީހުން ހުސްކޮށްފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ހުސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާކަމަށެވެ. އެހެންވެ އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު މީހުން ހުސްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގި ސަބަބު އަދި ދެނެގަނެވިފައިނުވާއިރު، ފުރަތަމަ އަލިފާން ހިފީ ހައުސިން މިނިސްޓްރީގެ ފަންގިފިލާއެއްގެ ސީލިންގ ގައިކަމަށް ބެލެވޭކަމަށް އެ ސަރަހައްދު...

ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި
Raajje

ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅި ކޮށީގައި ހުރި އިމާރާތްތަކުގައި ހިފަމުން އަންނައިރު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ. މިގޮތުން މި ސަރަހައްދުގައި ހުރި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަމުން މިހާރު އަންނަނީ ގެއަށް ފޮނުވަމުންނެވެ. މި ހާދިސާގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އެހެންވެ މުޅި އެ ސަރަހައްދު އަންނަނީ ބޯ ދުމުން ބެދެމުންނެވެ. މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްހ...

ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި
Parliament

ބަދަލުދިން މައްސަލާގައި ޞާލިޙާއި ފައްޔާޒުގެ މައްސަލަބަލަން ފާސްކޮށްފި

މިދިޔަ ވެރިކަމުގެ ދައުރުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން  އެކި ފަރާތްތަކަށް ބަަދަލުދިން މައްސަލައިގައި އޭރުގެ ރައީސް ޞާލިޙާއި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އެ މައްސަލަ މިއަދުގެ ކޮމިޓީގައި ހުށަހެޅުއްވީ ފުނަދޫ ދާ...

ތައިލެންޑާއި ޔޫއޭއީން އާސަންދަ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ތައިލެންޑާއި ޔޫއޭއީން އާސަންދަ ދޭން އެއްބަސްވުމުގައި ސޮއިކޮށްފި

ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. މިގޮތުން އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑުބާއީގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ދެ ހޮސްޕިޓަލަކާއި އެކުގައެވެ. މި އެއްބަސްވުމުގެ ދަށުން ޑުބާއީން އާސަންދައިގެ ޚިދުމަތް ލިބޭނީ ބުރްޖީލް މެޑިކަލް ސިޓީންނެވެ. ބެންކޮކުން މި ޚިދުމަތް ލިބޭނީ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ. އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ...

މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް: ރައީސް
Raajje

މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއް: ރައީސް

މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ ވާޖިބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަސްވެރިންގެ ދުވަހާގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވެފައި ވަނީ، އަތްވާއި ވާރޭގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރީންކުރާ ހިންމަތުގެ އަގު އިޙްތިރާމާއެކު ވަޒަންކުރުމަކީ، ޤައުމީ ވާޖިބެއްކަމަށެވެ. މަސްވެރިން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ޤައުމީ...

''އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް''
Raajje

''އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށް''

އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލެއް ގޮތުގައި އިއްޔެ ކ. ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެރަށުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ގެދޮރުވެރިކަމަކީ މާލެ އާއި މާލެ އަތޮޅު ހިމެނޭ...

ވައުދުވިގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް
Raajje

ވައުދުވިގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެ: ރައީސް

ވަޢުދުވެވަޑައިގަތްގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ކ. ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއްގޮތުގައި ފާހަގަކުރަށްވާފައެވެ. އެހ...

ޑްރަގް ހުއްޓުވަން ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭ: ޝުޖާއު
Parliament

ޑްރަގް ހުއްޓުވަން ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭ: ޝުޖާއު

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ. މި ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ، ރާއްޖޭގައި އިޖުތިމާއި ހުރިހާ މައްސަލައެއްގެ އަސްލަކީ މަސްތުވާތަކެ...

ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަނުކުރަން ފާސްކޮށްފި
Parliament

ތައިލެންޑް ސަފީރުކަމަށް ފުއާދު އައްޔަނުކުރަން ފާސްކޮށްފި

ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެ މަގާމަށް ޢައްޔަނުކުރަން އެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދުގެ ޖަލްސާގައި ވަނީ، ފުއާދަށް ރުހުން އޮތްތޯ ބަލަން ޚާރިޖީ ގުޅުންތަކާބެހޭ ކޮމެޓީން ފޮނުވި ރިޕޯޓަށް ވޯޓަށް އަހާފައެވެ. ފުއާދަށް ރުހުން އޮތްތޯބަލަން ނެގި ވޯޓުގައި 58 މެމްބަރުން ވަނީ ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް ވޯޓުދެއްވި މެމްބަރަކު ނެތެވެ. ފުއާދު، ސަފީރު...

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ
Raajje

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ގެންގުޅޭ މަސްވެރިންނަށް 48 ގަޑިއިރުތެރޭ މާދަމާ އިން ފެށިގެން ފައިސާ ޖަމާކޮށްދޭން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ކ. ގާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީގެ ސަރުކާރުން މަސްވެރިންނަށް ދައްކަން ޖެހ...

''ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާނަމަ ޙަޤީޤީ ތަރައްޤީ ލިބިގެންދާނެ''
Raajje

''ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާނަމަ ޙަޤީޤީ ތަރައްޤީ ލިބިގެންދާނެ''

ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނަމަ ދެމެހެއްޓެނިވި ޙަޤީޤީ ތަރައްޤީ ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމަށްޓަކ...

މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން: ރައީސް
Raajje

މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން: ރައީސް

މިސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖޭގައިވެސް، ބޮޑުވެފައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށްޓަކައި މި ސަރުކާރު...