ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި ރޯވި އަލިފާން މުޅި ކޮށީގައި ހުރި އިމާރާތްތަކުގައި ހިފަމުން އަންނައިރު ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

މިގޮތުން މި ސަރަހައްދުގައި ހުރި ތާޖުއްދީން ސްކޫލާއި، ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަމުން މިހާރު އަންނަނީ ގެއަށް ފޮނުވަމުންނެވެ.

Ad
rt

މި ހާދިސާގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލެއް ނުވެއެވެ. އެހެންވެ މުޅި އެ ސަރަހައްދު އަންނަނީ ބޯ ދުމުން ބެދެމުންނެވެ.

މި ހާދިސާގައި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްހެން އަނދާ ހުލިވެފައެވެ.

ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގެ ރޯވި އަލިފާން ފެތުރެމުން އަންނައިރު، އެ ސަރަހައްދުގެ ބައެއް ގޭތަކުން މީހުން ވެސް ވަނީ ހުސްކޮށްފައެވެ.

އިމަންޖަންސީ އިވެކުއޭޝަން ސެންޓަަރެއް މިވަގުތުވަނީ ސޯޝަލް ސެންޓަރގައި ގާއިމްކޮށްފައިވާއިރު، އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅައިގެން އެހީ ހޯދުމަށް ނުވަތަ މިސެންޓަރަށް ދިއުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (އެންޑީއެމްއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.