މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,460 Stories
3,751 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
Raajje

މާލޭގެ ގެއަކުން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ، މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތްކަމުގެ ރިޕޯޓް ރޭ މެންދަމު 1:27 ހާއިރު ލިބިފައިވާ ކަމަށެވެ. އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނުނީ ގ. ބައުޓީ ވިލާ، އުމުރުން 45 އަހަރުގެ ދާއޫދު ޖިމްރީޒް އެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން […]

މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި
Raajje

މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ އެމްޑީއާއި ބޯޑު މެމްބަރުން ސަސްޕެންޑްކޮށްފި

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ލިސްޓްގައި ނެތް ބަޔަކަށް ގޯތި ދީފައިވާކަމަށް ފެންމަތިވެފައިވާ މައްސަލައިގެ މިނިވަން ތަހްގީގަކަށް ޖާގަ ދިނުމަށް އެޗްޑީސީގެ ޗެއާމަން ފިޔަވައި، އެ ކުންފުނޯގެ އެމްޑީއާއި ބޯޑު މެމްބަރުން ތަހްގީގު ނިމެންދެން ސަސްޕެންޑްކޮށްފިއެވެ. އެކަން ހާމަކުރެއްވީ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވެފައި ވަނީ، ފުލުހުން އިސްނަގައިގެން އެޗްޑީސީގައި ކުރިއަށްގެންދާ ޖިނާއީ ތަޙުޤީޤު މިނިވަންކަމާއެކު ބާރަށް ކުރިއަށް ގެންދިއުމަށް...

ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ
Raajje

ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދެނީ

ސިނަމާލެ ބްރިޖުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭންފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލެއް ދެ ކާރުގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައިވާއިރު، އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.

ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް
Raajje

ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް

ސަރުކާރުން ހިންގާ ‘’ބިންވެރިޔާ ސްކީމް’’ގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓް (އެޗްޑީސީ)ން ގޯތި ދީފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ބިންވެރިޔާ ސްކީމް ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދީފައިވާކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިފަދަ މައްސަލައެއްގެ ޖިނާއީ ތަހުގީގު ފެށިކަން ފުލުހުން ހާމަކުރިއިރު، ގޯތީގެ ރަޖިސްޓަރީ ފ...

"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް
Raajje

"ލެޓްސް ކޮފީ މޯލްޑިވްސް" އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރަށް

މާލޭގައި ހުންނަ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 12 ޑިސެމްބަރު 2024 ގައި މާލޭ ހަވީރީ ހިނގުމުގައި ހުންނަ މި ކެފޭ އަށް ބަޔަކު ވަނީ ވަދެ ގެއްލުންދީފައެވެ. ފުލުހުން ބުނީ “ލެޓްސް ކޮފީ މޯލްޑިވްސް” އަށް ގެއްލުންދީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އަހްމަދު ތައުފީޤް (31އ) ވައިލެޓްމާގެ/ގދ.ދެއްވަދޫ އަދި އަސަދުﷲ ޚާތިމް […]

ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަސް ބަންދު
Raajje

ޖަނަވަރީ 2 ވާ ބުރާސްފަތި ދުވަސް ބަންދު

2 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މީލާދީ އާ އަހަރު ފެށޭ ދުވަސް ކަމަށްވާ ޖަނަވަރީ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދުވަހެކެވެ. ކަލަންޑަރުގައިވާގޮތުން 2025 ޖަނަވަރީ 1ވަނަ ދުވަސް ދިމާވަނީ ބުދަ ދުވަހަކާއެވެ. ކަލަންޑަރު ބުނާގޮތުން އެ ދުވަހާ ޖެހިގެން އަންނަ ދުވަސް ބުރާސްފަތި […]

އޮމަދޫ ރައްޔިތުންނަށް ރައީސްދެއްވީ އުންމީދުތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަޤީންކަން
Raajje

އޮމަދޫ ރައްޔިތުންނަށް ރައީސްދެއްވީ އުންމީދުތަކުގައި ކުލަޖައްސައިދޭނެކަމުގެ ޔަޤީންކަން

އދ. އޮމަދޫ ރައްޔިތުން އެދޭގޮތަށް އެރަށުގެ ތަރައްޤީގެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އޮމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އޮމަދޫގެ ބަނދަރުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށް ރަށުގެ ރައްޔިތުންގެ ކަންބޮޑ...

ޤާނޫނުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާ ފޮނުވާލަނީ
Raajje

ޤާނޫނުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާ ފޮނުވާލަނީ

ޤާނޫނުން ބޭރުން ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ އާއިލާ އެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނާ ޚިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ ޢާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު ‘އިމިގްރޭޝަން ވޮޗް’ އަށް 18 ޖުލައި 2024 ވަނަ ދުވަހު ލިބިފަައިވާކަމަށެވެ. މި މައުލޫމާތު ލިބުމާއި ގުޅިގެން، އެ މައްސަލަ އެ އިދާރ...

މަހިބަދޫގައި އަންނަ އަހަރު 100 ހައުސިން ޔުނިޓް އަޅަން ފަށާނެ: ރައީސް
Raajje

މަހިބަދޫގައި އަންނަ އަހަރު 100 ހައުސިން ޔުނިޓް އަޅަން ފަށާނެ: ރައީސް

އދ. މަހިބަދޫގައި އަންނަ އަހަރު 100 ހައުސިން ޔުނިޓް އަޅަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މަހިބަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަހިބަދޫން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭކަމަށެވެ. ރައީސް ވި...

އަލިފާނުގެ ހާދިސާއިން ފުން އަސަރެއްކުރި، ކުރިއަށް ދާނީ ހުރަސްތައް ގިރާކުރަމުން: ރައީސް
Raajje

އަލިފާނުގެ ހާދިސާއިން ފުން އަސަރެއްކުރި، ކުރިއަށް ދާނީ ހުރަސްތައް ގިރާކުރަމުން: ރައީސް

ބުރާސްފަތި ދުވަހުގެ އަލިފާނުގެ ހާދިސާއިން ފުން އަސަރެއްކުރިކަމަށާއި، މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރި އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ، އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރ...

ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާވެއްޖެ
Raajje

ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުން ކުރުން މަނާވެއްޖެ

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން ރާއްޖޭގައި މަނާވެއްޖެއެވެ. ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 13 ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރަށްވާފައިވާއިރު، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުނ...

އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދެނީ
Raajje

އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ދެނީ

އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދަނގެތީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަކީ، ޤާނޫނުގައި އޮންނަ ނުކުތާއެއްގެ ނިވަލުގައި...

މާމިގިލި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފަށަނީ
Raajje

މާމިގިލި ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފަށަނީ

އދ. މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ،  އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ އަތޮޅު ދަނގެތި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މާމިގިލި ކައުންސިލް މެމްބަރުން ވަނީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތަ...

ހަތަރު މަހުގެ ކުއްޖެއްގެ މަރުގެ މައްސަލަ ހުށަހެޅުމުން ޕޯސްޓްމޯޓަމް ހަދަނީ
Raajje

ހަތަރު މަހުގެ ކުއްޖެއްގެ މަރުގެ މައްސަލަ ހުށަހެޅުމުން ޕޯސްޓްމޯޓަމް ހަދަނީ

ކ. ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖެއްގެ މަރާ ގުޅޭ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ. ފުލުހުން ބުނީ، ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރީ މިއަދު އެވެ. މައުލޫމާތު ލިބޭގޮތުގައި އެކުއްޖާ ނިޔާވެފައި ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރެވެ. ”މިކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ވަނީ ހަމަޖެހިފައި” ފުލުހުން ބުނެފަވެއެވެ. އެކުއްޖާ ޚަބަރު ހުސްވެގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައީ ހުކުރު...

ބޭރު ފައިސާއާއި ބެހޭ ބިލު ތަޞްދީޤުކުރައްވައިފި
Raajje

ބޭރު ފައިސާއާއި ބެހޭ ބިލު ތަޞްދީޤުކުރައްވައިފި

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ބޭރު ފައިސާއާއި ބެހޭ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލު ފާސްކޮށްފައި ވަނީ، 12 ޑިސެންބަރު 2024 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 60 ވަނަ ޖަލްސާއިންނެވެ. ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ތިން ގިންތިއަށް ފެތޭ ފަރާތްތަކުން، އެ ފަރާތްތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، ބޭންކަކަށް މާރުކުރަންޖެހޭގޮތަށް ކަނޑައަޅައި، […]