ތައިލެންޑާއި ޔޫއޭއީގެ ތިން ހޮސްޕިޓަލަކާއެކު އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިގޮތުން އާސަންދަ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ ޑުބާއީގެ ހޮސްޕިޓަލަކާއި، ތައިލެންޑްގެ ދެ ހޮސްޕިޓަލަކާއި އެކުގައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން ޑުބާއީން އާސަންދައިގެ ޚިދުމަތް ލިބޭނީ ބުރްޖީލް މެޑިކަލް ސިޓީންނެވެ.

ބެންކޮކުން މި ޚިދުމަތް ލިބޭނީ ވޯރލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.

އަންނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް އާސަންދައިން ބުންޏެވެ.

އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދްމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކެވެ.