ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ.
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ބޭންކާއި އެ ރަށު ކައުންސިލުގެ މެދު އެވެ. މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފެބެ. އެ ރަށު ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލީ ސިނާން އެވެ.
މީގެ އިތުރުން މިއަދު ވަނީ މުރައިދޫ ރަށު ކައުންސިލު އިދާރާގެ އައު ޢިމާރާތުގެ ބިންގާ ވެސް އަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!