ހއ. އުތީމު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ރަށެއް ހިމަނައިދިނުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި މިއަދު އެދިއްޖެއެވެ.

ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތިން ވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ އުތީމަށް ވަޑައިގެންފައެވެ.

Ad
rt

އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާފައެވެ.

މިއަދު ހަވީރު އުތީމު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އުތީމު ކައުންސިލުން ރައީސާއި ހިއްސާކުރެއްވި މައިގަނޑު ކަންތައްތައް:

  • ރަށްގިރުމުގެ މައްސަ،
  • އުތީމުގެ ގޮތުގައި ބާއްވައިގެން ރަށުން ދިރިއުޅުމަށް ބިން ދޫކުރުމުގައި ހުރި ގޮންޖެހުންތައް -
  • ކައިރި އެހެން ރަށެއް އުތީމުގެ އިޚުތިޞާޞްގައި ހިމަނައިދެއްވުމަށް އެދިވަޑައިގެންނެވި
  • ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ރަށުގައި ކުނިކޮއްޓެއް ގާއިމުކުރުމަށް ދިމާވެފައިވާ ގޮންޖެހުން ހިއްސާ ކުރެއްވި
  • އުތީމު ގަނޑުވަރުގެ އާސާރީ ދިދަ ދަނޑި ހަލާކުވެފައި ހުރުމާއި ގަނޑުވަރަށް ޓްރީޓްމަންޓް ނުދެވި ގިނަ ދުވަސްވެފައިވާކަމުގެ ކަންބޮޑުވުން ހިއްސާ ކުރެއްވި

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ޖުމްލަ ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.