މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގެ ޒަރީއާއިން ދިވެހިންނަށް އާމްދަނީ ލިބޭނެ ފުރުސަތުތައް ފަހިކޮށްދޭން މަޝްވަރާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހެން ބުނީ، ޓިކްޓޮކްގެ އިސް ބޭފުޅުންގެ ވަފުދަކާއެކު މިއަދު އެ ވުޒާރާގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

Ad
rt

އެ ވުޒާރާއިން ބުނިގޮތުގައި ޓިކްޓޮކް ކުންފުނީގެ އިސް ބޭފުޅުންގެ ވަފުދެއް މިއަދު ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، އެ ވުޒާރާއާއި އެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ:

މި ބައްދަލުވުމުގައި، މި ބައިނަލްއަޤްވާމީ ސޯޝަލް މީޑިއާ ޕްލެޓްފޯމާއެކު ދެމެހެއްޓެނިވި އަދި ފައިދާހުރި ގުޅުމެއް ޤާއިމުކުރުމަށާއި، ޑިޖިޓަލް އިޤްތިޞާދުގެ ތެރެއިން އާމްދަނީ ހޯދުމުގެ އައު ފުރުޞަތުތަކެއް ރާއްޖޭގެ ޒުވާނުންނަށް ފަހިކޮށްދިނުމަށް މަޝްވަރާކޮށްފައިވާކަމަށް އިގްތިސޯދީ ވުޒާރާއިން ބުންޏެވެ.

އެ ވުޒާރާއިން ބުނިގޮތުގައި މިކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ފަންނުވެރިކަމުގެ އިޤްތިޞާދު ކުރިއެރުވުމުގެ މުހިންމު ވަޢުދު ޙަޤީޤަތަކަށް ހެދުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.