ފަލަސްތީނުގެ މުސްލިމުންނަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި އަމަލުތައް ހުއްޓަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން އިއްޔެ މި ބިލުގެ މަސައްކަތް ނިންމާފައިވާއިރު، މިއަދު ތަޅުމުގައި ވޯޓަށް އެހުމުން ބިލު ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
އެހެންނަމަވެސް، ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން މަޖިލީހުގެ ތަޅުމުގައި މިއަދު އެމްޑީޕީގެ މެންބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މި ބިލު ފާސްކޮށްފައި ވަނީ ކޮމެޓީން އިއްޔެ ފާސްކުރި ގޮތަށެވެ.
މި މަސައްކަތް ދިގުލައިގެންދާތީ ރައްޔިތުންގެ ފާޑުކިޔުން މަޖިލީހަށް އޮތީ އަމާޒުވެފައެވެ. ދިވެހިރާއްޖެ އަކީ ފަލަސްތީނުގެ ރައްޔިތުންނާމެދު އިންތިހާއަށް ހަމްދަރްދީ އޮތް ޤައުމެކެވެ.
2023 ވަނަ އަހަރުގެ އޮކްޓޮކްޓޯބަރު 7 ގައި އިސްރާއީލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ މީހުން ޝަހީދުކޮށް އެތައް ހާސްބަޔެއްގެ ގެދޮރު ސުންނާފަތިކޮށް، ޣައްޒާއާއި ރަފަހްފަދަ ސިޓީތައް ވަނީ ސުންނާފަތިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!