ސަރުކާރުން ދަނީ މާނިއުގެ ޙާލު ވަރަށް ކައިރިން ބަލަމުން: ޚަލީލް
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ އިއްޔެ އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، ސަރުކާރުން ދަނީ ވަރަށް ކައިރިން އޭނާގެ ހާލު ބަލަމުންކަމަށް ޚާރިޖީ ވަޒީރު އަބުދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންނެވެ. މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު...