މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,982 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ދާއޫދު ސަސްޕެންޑުކޮށް، އިޒްދިޔާން މަގާމުން ވަކިކޮށްފި
Raajje

ދާއޫދު ސަސްޕެންޑުކޮށް، އިޒްދިޔާން މަގާމުން ވަކިކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށް، އެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުޙައްމަދު މައުމޫން މިއަދު މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަޙްމަދު، މުސާރަ ނުލިބޭ ގޮތަށް މިއަދުނ...

ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއް: ޑރ. ބުދައިރު
Raajje

ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއް: ޑރ. ބުދައިރު

ސުންނަތަށް ތަބާވެ މެދުމިނުގައި ނަމާދުކުރުމަކީ އިމާމުން ފަރުވާތެރިވާން ޖެހޭކަމެއްކަމަށް މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ. އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޚަޠީބުންނާއި އިމާމުންނާއި ބައްދަލުކުރައްވައި، މުޚާޠަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވަނީ އިމާމުންނާއި ޚަޠީބުންނަށް ގިނަ ނަޞޭޙަތްތަކެއް ދެއްވާފައެވެ. މިގޮތުން އިމާމުންނަކީ މުޖުތަމަޢު ބަލައިގަންނަ، ނަމޫނާ ބަޔަކަށްވެ، މީހުންނަށް ހެޔޮ، އަދ...

މުޙައްމަދު ވަހީދު އެމްޕީއެލް ބޯޑަށް
Business

މުޙައްމަދު ވަހީދު އެމްޕީއެލް ބޯޑަށް

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ބޯޑަށް މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނު، މިއަދު ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި މުހައްމަދު ވަހީދު ވަނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ޢައްޔަނުކޮށްފައެވެ. މުހައްމަދު ވަހީދު ކުރިން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ބޯޑުގައެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 6 އޭޕްރިލް 2...

މަސްޖިދުއްނަބަވީގެ އިމާމު މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވަނީ
Raajje

މަސްޖިދުއްނަބަވީގެ އިމާމު މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވަނީ

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، މާލޭގެ ސަލްމާން މިސްކިތުގައި މިރޭ އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރަށްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދު ކުރައްވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދީނީ ނަސޭހަތް ދެއްވުމާއި އެކު، ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މީގ...

ބްރޯޑްކޮމްގެ މެންބަރުކަމަށް 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި
Parliament

ބްރޯޑްކޮމްގެ މެންބަރުކަމަށް 10 ނަމެއް މަޖިލީހަށް ފޮނުއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި 10 މީހެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ. ބްރޮޑްކޮމް އިން ހުސްވެފައި ވަނީ އެންމެ މެމްބަރެއްގެ މަގާމެވެ. އެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމް އަށް މެމްބަރަކު ހޯދަން މިދިޔަ އާދީއްތަ ދުވަހު ޢިއުލާން ކުރުމަށްފަހު، ކުރިމަތި މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ...

ސީއެސްސީގެ ނައިބަކަށް މުޖްތާޒްގެ ނަން
Raajje

ސީއެސްސީގެ ނައިބަކަށް މުޖްތާޒްގެ ނަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މުޙައްމަދު މުޖްތާޒް އައްޔަނުކުރުމަށް މަޖިލީހަށް މުޖްތާޒްގެ ނަން ފޮނުއްވައިފިއެވެ. މުޖްތާޒް ސީއެސްސީގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވީ 20 އޭޕްރިލް 2025 ގައެވެ. ސީއެސްސީގެ ނައިބު ރައީސްކަމާއި މެމްބަރެއްގެ މަގާމު ހުސްވީ، ކޮމިޝަންގެ ކުރީގެ މެންބަރު، އެއިރުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މުޖްތާޒް ސީއެސްސީގެ ނައިބަކަށް ޢަ...

''ޒުވާނުންނާ މެދު ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ ޑިޖިޓަލް އިޤްތިޞާދެއްގައި ހިއްސާ އޮތުން''
Raajje

''ޒުވާނުންނާ މެދު ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ ޑިޖިޓަލް އިޤްތިޞާދެއްގައި ހިއްސާ އޮތުން''

ރާއްޖެ ޑިޖިޓަލް އިޤްތިޞާދަކަށް ކުރިއަރަމުންދާއިރު އެކަމުގައި ޒުވާނުންގެ ހިއްސާ އޮތުމަކީ ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ދިވެހި ޒުވާނުންގެ އާބާދީއަށް ޚާއްޞަކޮށްގެން މިއަދު މީސްމީޑިއާގައި އާންމުކުރެއްވި “ސްޕޮޓް އޮން” ނަމަކަށް ކިޔާ ސިލްސިލާ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ޒުވާނުންގެ މެދުގަ...

ހުސްގޮނޑިއާއި ޔާމީނަކާއި ގުޅުމެއްނެތް: ލަތީފް
Raajje

ހުސްގޮނޑިއާއި ޔާމީނަކާއި ގުޅުމެއްނެތް: ލަތީފް

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެންސީ/ޕީއެމްއެމް އިން ބޭއްވި ސިޔާސީ ހަރަކާތްތަކުގައި ބޭންދި ހުސްގޮނޑިއާއި ކުރީގެ ރައީސް އަބުﷲ ޔާމީން އަބުދުލްޤައްޔޫމާއި އެއްވެސް ގުޅުމެއްނެތްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (ލަތީބެ) މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ މި ވެރިކަން ލިބުނީ ”ހުސް ގޮނޑިއެއް” ދައްކައިގެންކަމަށް ބަޔަކު ވާހަކަ ދައްކާތީ އެކަން ސާފުކޮށްދެއްވަން ބޭނ...

މަސްޖިދުއް ނަބަވީގެ އިމާމު ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި
Raajje

މަސްޖިދުއް ނަބަވީގެ އިމާމު ރައީސް މުޢިއްޒާ ބައްދަލުކުރައްވައިފި

މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު، ރައީސް ޑރ، މުޙައްމަދު މުޢިއްޒަށް މިއަދު ހެނދުނު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް މުޢިއްޒު، މަސްޖިދުއްނަބަވީގެ އިމާމަށް މަރުޙަބާ ދަންނަވައި، ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ. މިއީ ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި މަސްޖ...

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 54 އަހަރަށް ޖަލަށް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 54 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މި ހުކުމް އިއްވާފައިވަނީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ މި ޢަމަލު ހިންގި 51 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. މި މައްސަލައިގެ ހުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ފިރިހެނާ ވަނީ ކުޑަ އަންހެން ކުއްޖަކާމެދު އެކި ދުވަސްމަތިން ގަދަކަމުން ޖިންސީ ޢަމަލު ހިންގައި، އަދި އޭނާގެ ޖިންސީ ގުނަވަނުގައި ކުއްޖާ ލައްވައި ގަދަކަމުން އަތްލުވައި ޖިންސީ […]

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''
Raajje

''އަޒުމަކީ ސިފައިންގެ އެއާފޯސް، ނޭވީ، އަދި އާމީ އުފެއްދުން''

ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަށް މަގުފަހިކުރުމަކީ އެމަނިކުފާނުގެ އަޒުމެއްކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވުނު ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އިސްތިޤްލާލު ހިމާޔަތްކޮށް،...

''އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމަކީ ފަޚުރެއް، މަލާމާތްކުރަނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން''
Raajje

''އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމަކީ ފަޚުރެއް، މަލާމާތްކުރަނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން''

ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވުމާމެދު ފަޚުރުވެރިވާންޖެހޭ ކަމަށާއި، އެކަމާ މަލާމާތްކުރާ މީހުންނަކީ ޤައުމިއްޔަތުކަމެއް ނެތް ކޮންމެ ގޮތެއް ވަރިހަމަ މީހުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ 133 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއް...

ރައީސްގެ މެޑެލި 49 ސިފައިންނަށް
Raajje

ރައީސްގެ މެޑެލި 49 ސިފައިންނަށް

133 ވަނަ ސިފައިންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި ބޭއްވާފައިވާއިރު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 49 ސިފައިންނަށް ރައީސްގެ މެޑެލި ދެއްވާފައެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް މުޢިއްޒެވެ. އަދި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން ވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމި...

ކެފޭއެއްގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

ކެފޭއެއްގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ މާލޭގެ މާފަންނު ސަރަޙައްދުގައި ހުންނަ ކެފޭއެއްގައެވެ. މިއަދު ހަވީރު ހިނގި މާރާމާރީއެއްގައި 22 އަހަރުގެ ދިވެހި ޒުވާނަކަށް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު 15:28 ހާއިރުގައި ކަމަށާއި، މި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ. މި މާރާމާރީގަ...

ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ
Raajje

ބަންކަރިން ޚިދުމަތެއް ނުހުއްޓޭ، ޚިދުމަތް ފުޅާކުރުމަށް ހާއްސަ ޕޯޓެއް ތަރައްގީ ކުރަނީ

އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އެކަމަށް ޚާއްސަ ޕޯޓެއް އުތުރުގައި ތަރައްޤީކުރުމުގެ މަސައްކަތްކުރަމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިވާ ކަމަށާއި، ޕޯޓެއް ނެތި މި...