ރައީސް ޑރ. މުހައްމަދު މުޢިއްޒު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލި 10 މީހެއްގެ ނަން މަޖިލީހަށް ފޮނުއްވައިފިއެވެ.
ބްރޮޑްކޮމް އިން ހުސްވެފައި ވަނީ އެންމެ މެމްބަރެއްގެ މަގާމެވެ. އެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބްރޯޑްކޮމް އަށް މެމްބަރަކު ހޯދަން މިދިޔަ އާދީއްތަ ދުވަހު ޢިއުލާން ކުރުމަށްފަހު، ކުރިމަތި މީހުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ ރައީސް އިސްކަންދެއްވާ ތަރުތީބުންނެވެ. މި ލިސްޓްގެ ކުރީގައި އޮތީ އައިމިނަތު ޝިޔާނާ، މ. ފަތަހަ އެވެ.
މި ލިސްޓުގައި ދެން ހިމެނެނީ،
- އިބްރާހީމް އަޝްރަފް، ވ. މަޝްވެލި
- މޫސާ ރިޟްވާން، މ. ހާވިލާ
- ޢަލީ ޔޫސުފް، ބާރަނާ/ ޅ. ހިންނަވަރު
- ޒީނާ ޒާހިރު، އަތިރީގެ/ ގދ. ގައްދޫ
- އަހުމަދު ޒާހިރު، ހ. ސަންދަލީގެ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ/ ގދ. ތިނަދޫ
- މުޙައްމަދު ޝަމީމް، ހ. ޕްރެޓީވިލާ
- ޝިމްލާ އަހުމަދު، އާޝްޓްރަލްގެ/ ސ. ހިތަދޫ
- ފާތިމަތު ޒަޢީމާ، އޯކިޑްމާގެ/ ށ. ފީވައް
ރައީސް ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. މި ކޮމިޓީން މި ނަންތައް ދިރާސާކުރުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
މިހާރު ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގެ ރައީސް ކަމުގައި ހުންނެވީ ސަފާ ޝަފީޤު އެވެ. ކޮމިޝަންގެ ނައިބު ރައީސަކީ ޝިފްލާ އިބްރާހީމެވެ. އަދި ކޮމިޝަނަރުންގެ ގޮތުގައި މިހާރު ތިއްބެވީ މުހައްމަދު ޢަބުދުﷲ (މުހައްމާ) އާއި އާމިނަތު އަމީނާ (އަނާ) އާއި އާމިނަތު ނުޒުހާ އަދި އާމިނަތު ސަރާހަތު އިއްޒަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!