މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް)ގެ ބޯޑަށް މުހައްމަދު ވަހީދު، ހއ. ފިއްލަދޫ، މަބުސްތާނު، މިއަދު ޢައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނިގޮތުގައި މުހައްމަދު ވަހީދު ވަނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށް ޢައްޔަނުކޮށްފައެވެ.

Ad
rt

މުހައްމަދު ވަހީދު ކުރިން ހުންނެވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ ބޯޑުގައެވެ. ވަހީދު އެޗްޑީސީގެ ބޯޑަށް އައްޔަންކުރީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް 6 އޭޕްރިލް 2025 ގައި އޭނާ ވަނީ އެ ބޯޑުން ވަކޮށްފައެވެ.

މުހައްމަދު ވަހީދު އެޗްޑީސީގެ ބޯޑުން ވަކިކުރި ސަބަބެއް ނޭނގެއެވެ.

އިނގިފައިވާގޮތުގައި މިހައްމަދު ވަހީދަކީ ފިއުލް ސަޕްލައި މޯލްޑިވްސްގައި މަސައްކަތް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ބޭފުޅެކެވެ.

އޭނާ އަކީ ފިއްލަދޫގައި ޕީޕީއެމް/ޕީއެންސީ ފިކުރުގައި ދިގު މުއްދަތަކަށް އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެއް ވެސް މެއެވެ.