އިސްރާއީލާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރުމަށް އިނގިރޭސި ޤާނޫނީ މާހިރުން ގޮވާލައިފި
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާ ދެކޮޅަށް “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ އެތައް ސަތޭކަ ގާނޫނީ މާހިރުން ގޮވާލައިފިއެވެ. ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣާއްޒާގައި އިސްރާއީލުން ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއެކު އޮންނަ ވިޔަފާރީގެ ގުޅުން މުރާޖަޢާކުރުމާއި އިސްރާއީލުގެ ވަޒީރުންގެ މައްޗަށް ދަތުރުފަތުރު ކުރުން މަނާކުރުމާއި ދަޢުވާ އުފުލައި، “ލިބެންހުރި ހުރިހާ ވަސީލަތެއް” ބޭނުންކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް އ...