ފެމިލީ ކޯޓުގައި އިއްޔެ 60 ކައިވެނިކޮށްދީފައިވާއިރު، ވަރިވާން އެދި 10 މައްސަލަ ހުށަހެޅިކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުގައި މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅީ އިއްޔެއެވެ. އެހާ ގިނަ ބަޔަކު އެއް ދުވަހާ ކައިވެނި ކުރަން އިއްޔެ ހުށަހަޅާފައި ވަނީ އިއްޔެ އަކީ އަހަރުގެ އެންމެ ތާރީޚް 25-05-25 ކަމަށް ވުމުންނެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި އިއްޔެ އަކީ މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހުށަހެޅި ދުވަހެވެ. އެ ކޯޓުން ކުރިން ބުނެފައި ވަނީ އިއްޔެ 59 ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ނަމަވެސް އިއްޔެގެ މަސައްކަތް އަދާހަމަކޮށް އެ ކޯޓުން މިއަދު ނެރުނު މައުލޫމާތަށް ބަލާއިރު އިއްޔެ އެ ކޯޓުގައި 60 ކައިވެނި ވަނީ އަގުދުކޮށްދީފައެވެ.
އިއްޔެ ވަނީ އެ ކޯޓަށް ވަރީގެ 10 މައްސަލަ ވެސް ހުށަހަޅާފައެވެ. އޭގެތެރެއިން 8 މައްސަލައެއް ނިންމައިދިންކަމަށް އެ ކޯޓުން ބުންޏެވެ.
އަހަރުގެ ރީތި ތާރީޚް ތަކުގައި ކައިވެނިކުރާ ނިސްބަތް އިތުރެވެ. އަދި މިއަހަރު މިވަނީ މި ތާރީޚްގައި ނިސްބަތުން ގިނަ ވަރީގެ މައްސަލަތަކެއް ވެސް ހުށަހަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!