މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ސިޓީ އެއް ހުށަހަޅައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނިގޮތުގައި، އެ ޖަމިއްޔާއިން ވަނީ ރައީސް މުޢިއްޒު އަރިހުން ދެކަމަކަށް އެދި ސިޓީއެއް ހުށަހަޅާފައެވެ.

Ad
rt

ލޯކަލް ކައުންސިލްތަކުގެ ޖަމިއްޔާއިން ހުށަހެޅި މި ސިޓީގައި ކައުންސިލްތަކުން އެދިފައިވާ މައިގަނޑު ކަމަކީ:

• ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނައުމުގައި ކައުންސިލްތަކާއި މުޖުތަމަޢުތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް.ރައީސުލްޖުމްހޫރިއްޔާ ލާމަރުކަޒީ ނިޒާމާ މެދު ފާހަގަކުރަމުންދާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފުރުޞަތު ދިނުމަށް.

މި ސިޓީގައި ސޮއިކޮށްފައިވަނީ މާލެ، އައްޑޫ، އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްތަކުގެ އިތުރުން، ހއ، ނ، ބ، އަދި ލ އަތޮޅު ކައުންސިލްތަކާއި 20 ރަށު ކައުންސިލުންނެވެ.

ކައުންސިލްތަކުގެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި މުޖުތަމަޢުތަކުގެ ޙައްޤުތަކާއި ބައިވެރިވުން ކަށަވަރުކުރުމަށް އެދި، އާބާދީގެ ތިންބައިކުޅަ ދެބައި ރައްޔިތުން ތަމްސީލުކުރާ ކައުންސިލްތައް ވަނީ ބައިވެރިވެފައެވެ.