ގެއްލިގެން ހޯދަމުން ދިޔަ ނޭކުރެންދޫ އަންހެންކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ.
ލަމްޔާ ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލަމްޔާ ފެނުނީ މާލެއިންނެވެ.
ލަމްޔާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ
ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް ދިޔުމަށްފަހުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާކަމަށް އެރަށު ކައުންސިލުން ވަނީ ކުރިން ބުނެފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:00 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!