މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,944 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް
Thiladhunmathi News

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް

ހއ. އުތީމު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ދަނޑުގައި ޓާފް އަޅައި ނިންމާލިކަން ޔޫތު މިނިސްޓްރީން ހާމަކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެއަށްފަހު މިއަދު ވަނީ އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ދަނޑުގައި ލައިޓް ޖެހުމަށް އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައިފައެވެ. އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައި ނެރުނު އިޢުލާނުގައިވާ ގޮތުން، […]

20 އަހަރެއްހާ ދުވަހު ކޯމާގައި އޮތް ސައޫދީ ޕްރިންސް އަވަހާރަވެއްޖެ
International

20 އަހަރެއްހާ ދުވަހު ކޯމާގައި އޮތް ސައޫދީ ޕްރިންސް އަވަހާރަވެއްޖެ

ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ޠަލާލް ބިން އަބްދުލްއަޒީޒް އަލްސައޫދު ހޮނިހިރު ދުވަހު (ޖުލައި 19)ގައި އަވަހާރަވެއްޖަކަމަށް އެ ގައުމުގެ ރޯޔަލް ކޯޓުން ސައޫދީ ޕްރެސް އެޖެންސީ މެދުވެރިކޮށް އިއުލާނުކޮށްފިއެވެ. ‘ނިދާފައިވާ ސާހިބާ’ ގެ ނަމުން މަޝްހޫރުވެފައިވާ މި ޕްރިސް އަވަހާރަވުމުގެ ކުރިން 2005 ގައި ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން 20 އަހަރާ ގާތްކުރާ މުއްދަތަކަށް ކޯމާގައި އޮންނެވިއެވެ. ޕްރިންސް އަލްވަލީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އާދީއްތަ ދުވަހު (ޖުލައި 20) […]

ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެ
Raajje

ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. މިނިސްޓްރީ އޮފް ހެލްތުން ބުނިގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އެހެންކަމުން ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަންބަރަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. ހެލްތުން ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. ޚިދުމަތް އިޔާދަކުރެވުނުހާ އަވަ...

ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ
Raajje

ސީޕްލޭން ޕްލެޓްފޯމެއް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ސީޕްލޭން ޕްލެޓްފޯމެއް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ ކަނޑައިގެން އޮޔާދަނީ ރ. އަތޮޅު މާމުނަގައު ރިސޯޓްގެ ފަޅުތެރޭގައި އަޅާފައި އޮތް ސީޕްލޭން ޕްލެޓްފޯމެއް ކަމަށެވެ. އެމްއެންޑީއެފުން ލަފާކުރާގޮތުގައި މި ޕްލެޓްފޯމް އޮޔާދާނެކަމަށް ބެލެވެނީ ކާށިދޫ ކަނޑުތެރެއަށެވެ. ”އެހެންކަމުން މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރަން،” އެމްއެންޑީއެފުން ބުންޏެވެ. އެ ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ...

ޑްރަގް މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގް މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މިއަދު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، 31 އަހަރުގެ އައިޝަތު ޝިޔާޒާ އާއި ހއ. ދިއްދޫ / ހަޒާރުމާގެ، 26 އަހަރުގެ ސައިފުﷲ އަޙްމަދެވެ. ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ. އެ ދެމީހުން ހުއްޓު...

ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފި
Raajje

ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފި

މާލޭގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި ފައިސާ ފޭރުނު ބަޔަކު ތިބިތަނަށް ވަންނަން އުޅުނު ފުލުހުންނާއި ކުރިމަތިލައި މާރާމާރީ ހިންގައިފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، ހ. ލޮނުޒިޔާރަތްމަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، ތަނަކަށް ވައްދައި، އެމީހާގެ އެކައުންޓުގައި ހުރި 200 ރުފިޔާ ޓްރާންސްފަރ ކުރުވި މައްސަލައެއް ފުލުހުންނަށް 18 ޖުލައި 2025 ވީ ބުރާސްފަތި ދުވަހުގެ ރޭ 23:57 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި […]

ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި
Raajje

ރައީސް އިނގިރޭސިވިލާތު ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ ފަސްދޮޅަސް އަހަރު ފުރުން ފާހަގަކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މައިގަނޑު މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ...

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އެމެރިކާގެ އެހީއަށް އިސްރާއީލުން އެދިއްޖެ
International

ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އެމެރިކާގެ އެހީއަށް އިސްރާއީލުން އެދިއްޖެ

އިސްރާއީލްގެ މޮސާޑް ޖާސޫސް އޭޖެންސީގެ ޑިރެކްޓަރު މިހަފްތާ ވޮޝިންގްޓަނަށް ޒިޔާރަތްކޮށް، ޣައްޒާއިން ބޭރުކުރާ އެތައް ސަތޭކަ ހާސް ފަލަސްތީން ރައްޔިތުން ބަލައިގަތުމަށް އެކި ގައުމުތަކަށް ބާރުއެޅުމަށް އެމެރިކާގެ އެހީތެރިކަމަށް އެދިފައިވާކަމަށް ”އެކްސިއޯސް” ގެ ރިޕޯޓެއްގައި ބުނެފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ ދެ މަސްދަރަކުން އެ ނޫހަށް ވަނީ މި މައުލޫމާތު ހިއްސާކޮށްފައެވެ. މިގޮތުން ޣައްޒާގެ ރައްޔިތުން ބޭރުކޮށް ވަކިން ޚާއްޞަކޮށް އިތިޔޯޕިއާ، އިންޑޮނޭޝިއާ އަދި ލިބިޔާގައި ވަޒަންވެރިކުރ...

ވިއްސާރާގައި މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށް ގެއްލުންވެއްޖެ
Thiladhunmathi News

ވިއްސާރާގައި މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށް ގެއްލުންވެއްޖެ

މިދުވަސްކޮޅު ރާއްޖޭގެ އުތުރަށް ކުރަމުންދާ ވިއްސާރާގައި ހއ.މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށް އެކިވަރުގެ ގެއްލުންތައްވެއްޖެއެވެ. މިކަމާއި ގުޅިގެން ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ވިއްސާރާގައި މުރައިދޫގެ ބައެއް ގޭބީސީ ތަކަށާއި ކައުންސިލް އިދާރާއަށާއި ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. ރައްޔިތުންނާއި ކައުންސިލަށް ލިބިފައިވާ ގެއްލުންތަކަށް ވަގުތީ ހައްލު ހޯއްދެވުމަށް މިވަގުތު ކުރެވެންހުރި އެންމެހ...

ކާނާ ހުސެވެފައިވާ ޣައްޒާގެ ރައްޔިތުން މަޖުބޫރީ ހާލަތުގައި ވެއްޔާ އެކުވެފައިވާ ފުއް ކާންޖެހިފައި
International

ކާނާ ހުސެވެފައިވާ ޣައްޒާގެ ރައްޔިތުން މަޖުބޫރީ ހާލަތުގައި ވެއްޔާ އެކުވެފައިވާ ފުއް ކާންޖެހިފައި

ހައްދުފަހަނާ އަޅާފައިވާ ޖައްބާރު އިސްރާއީލުން ފަލަސްތީނުގެ މުސްލިމް ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާގެ ޝިކާރައަކަށްވެފައިވާ ޣައްޒާގެ ކުށެއްނެތް ނިކަމެތި އާންމުން ދިރިތިބުމަށް ކާނެ އެއްޗެއް ނުލިބޭއިރު، މިއަދު އެ މައުސޫމް އިންސާނުންނަށް ޖެހިފައި ވަނީ މަޖުބޫރީ ހާލަތުގައި ބަނޑުފުރާނަ މުއްތިކުރުމަށް ވެއްޔާ އެކުވެފައިވާ ފުއް ކާށެވެ. އިންސާނީ ހައްގުތަކުގެ ޗެމްޕިއަނުންގެ ގޮތުގައި ދައުވާކުރާ ”ލޯކަނު، ބީރު، މަންމަނު” ހުޅަނގުގެ ޤައުމުތަކުގެ މީޑިއާތަކުން އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި،...

ބައެއް ތަންތަނުން ކަރަންޓު ކެނޑުނު ނަމަވެސް އޮޕަރޭޝަނަށް ދަތިކަމެއް ދިމައެއްނުވޭ: ކޭއާރުއެޗު
Thiladhunmathi News

ބައެއް ތަންތަނުން ކަރަންޓު ކެނޑުނު ނަމަވެސް އޮޕަރޭޝަނަށް ދަތިކަމެއް ދިމައެއްނުވޭ: ކޭއާރުއެޗު

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ބައެއް ހިސާބުތަކުން ބުރާސްފަތި ދުވަހު ކަރަންޓް  ކެނޑުނު ނަމަވެސް، އެކަމާއި ގުޅިގެން އާންމު އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ދިމާނުވާކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ. ކޭއާރުއެޗުން މިއަދު ބުނީ 17 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު މެންދުރު އެ ހޮސްޕިޓަލްގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑެން ދިމާވީ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. ޕެނަލް ބޯޑަށް މައްސަލަ ދިމާވެ ކޭއާރުއެޗްގެ އައިސޮލޭޝަން ވޯޑުގެ […]

ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު ކޮމަންވެލްތުގެ އެސްޖީއާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސް މުޢިއްޒު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އޮފީހުން މަޢުލޫމާތުދިން ގޮތުގައި، މި ބައްދަލުވުމުގައި، ރާއްޖެއަށް ކޮމަންވެލްތުން މުހިންމު ދާއިރާތަކުން އެހީތެރިކަން ދިނުން ކުރިއަށްދާނެކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައެވެ. ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މަސްރަޙުގައި ކުދ...

''ޔާމީންގެ އެޕާޓްމަންޓް ފާސްކޮށްފި، ކުށުގެ ޢަމަލެއްގެ ނިޝާނެއްނެތް، ރާއްޖެއިން ބޭރަށް ފުރާފައެއްވެސްނުވޭ''
Raajje

''ޔާމީންގެ އެޕާޓްމަންޓް ފާސްކޮށްފި، ކުށުގެ ޢަމަލެއްގެ ނިޝާނެއްނެތް، ރާއްޖެއިން ބޭރަށް ފުރާފައެއްވެސްނުވޭ''

މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ހޯދުމުގެ މަސައްކަތުގައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްއަޅައި ތަހުގީގް ފުޅާކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ޙަސަން ޔާމީން ގެއްލިފައިވަނީ 2025 ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެގެންނެވެ. އޭނާ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރުއެވެ. މި މައްސަލަ ރިޕޯޓުކުރުމާ...

ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއްގައި ތިބި މީހުން ސަލާމަތްކޮށް އިތުރު ޑިންގީއަކަށް އެހީތެރިވެއްޖެ
Raajje

ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއްގައި ތިބި މީހުން ސަލާމަތްކޮށް އިތުރު ޑިންގީއަކަށް އެހީތެރިވެއްޖެ

ބަންޑުން ޖަހާލާފައި އޮތް ޑިންގީއެއްގައި ތިބި މީހުން ސަލާމަތްކޮށް ބެހެމުން ދިޔަ ޑިންގީއަކަށް ދިވެހި ފުލުހުންނާއި ސިފައިން އެހީތެެރިވެއްޖެއެވެ. ފުލުހުން ބުނީ، ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު އެ އިދާރާއަށް ރިޕޯޓެއް ލިބުނުކަމަށެވެ. މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފާއި ފުލުހުންގެ ސާޗް ޓީމުން އެ ޑިންގީ ހޯދުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެ ޑިންގީ […]

މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމްގައި ރައީސް ބައިވެރިވެވަޑައިގެންފި

އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި “މޯލްޑިވްސް-ޔޫކޭ ބިޒްނަސް ފޯރަމް”ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. މި ފޯރަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުންތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވުނު މި ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭ...