ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ޚާލިދު ބިން ޠަލާލް ބިން އަބްދުލްއަޒީޒް އަލްސައޫދު ހޮނިހިރު ދުވަހު (ޖުލައި 19)ގައި އަވަހާރަވެއްޖަކަމަށް އެ ގައުމުގެ ރޯޔަލް ކޯޓުން ސައޫދީ ޕްރެސް އެޖެންސީ މެދުވެރިކޮށް އިއުލާނުކޮށްފިއެވެ.

'ނިދާފައިވާ ސާހިބާ' ގެ ނަމުން މަޝްހޫރުވެފައިވާ މި ޕްރިސް އަވަހާރަވުމުގެ ކުރިން 2005 ގައި ހިނގި ޓްރެފިކް އެކްސިޑެންޓަކާ ގުޅިގެން 20 އަހަރާ ގާތްކުރާ މުއްދަތަކަށް ކޯމާގައި އޮންނެވިއެވެ.

Ad
rt

ޕްރިންސް އަލްވަލީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އާދީއްތަ ދުވަހު (ޖުލައި 20) އަސުރު ނަމާދަށްފަހު ސައޫދީގެ ވެރިރަށް ރިޔާޛުގެ އިމާމް ތުރުކީ ބިން އަބްދުﷲ މިސްކިތުގައި ކުރަން ވަނީ ނިންމާފައެވެ.

ޕްރިން އަލްވަލީދުގެ ބައްޕާފުޅު، ޕްރިންސް ޚާލިދު ބިން ޠަލާލް، އެކްސް މެދުވެރިކޮށް ހިތާމަ ފާޅުކުރައްވަމުން ވަނީ އޭނާގެ ދަރިކަލުން އަވަހަރާވެއްޖެކަން ޢިއުލާން ކުރަށްވާފައެވެ.


އިސްލާމްދީނުގެ އެންމެ މާތް ވަގުތުތަކުގައި ރަމަޟާން މަހުގެ ފަހު ރޭތަކުން ފެށިގެން ޢީދުލްއަޟްޙާގެ ދުވަސްތަކާ ހަމައަށް ޕްރިންސް ޚާލިދު ބިން ޠަލާލް އޭނާގެ ދަރިކަލުންނަށްޓަކައި ދުޢާކުރެއްވުން ހުއްޓާނުލައްވާކަމަށް ޚަލީޖް ޓައިމްސް އިން ބުނެފަވެއެވެ.

ކޮންމެ ފުރުޞަތެއްގައިވެސް، ރަމަޟާން މަހުގެ 29 ވަނަ ރޭގެ ތަހައްޖުދު ނަމާދުގެ ހަމަހިމޭންކަމުގައިވެސް ނުވަތަ ޢީދުގެ ދުވަސްވަރު ޢާއިލީ ޒިޔާރަތްތަކުގައިވެސް، ކޯމާގައި 20 އަހަރާ ގާތްކުރާ މުއްދަތަކަށް އޮތުމަށްފަހު ދަރިކަލުން ދުޅަހެޔޮކަމާއެކު އެނބުރި އައުމަށް އުއްމީދާއެކު ފުން އީމާންކަމާއެކު ހިތާމަކުރައްވާ ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް، ދުޢާކުރެއްވިކަމަށް ޚަލީލް ޓައިމްސްގައި ބުނެފަވެއެވެ.

ޕްރިންސް އަލްވަލީދު ވެންޓިލޭޓަރުގައި އޮންނަނީ 2005 އިން ފެށިގެންނެވެ. މިލިޓަރީ ކޮލެޖެއްގައި ކިޔަވަމުން ދިޔަ ޕްރިންސް ކޯމާ އަށް ދިޔައީ ކާރު އެކްސިޑެންޓެއްގައި ސިކުނޑިއަށް ލޭ އެޅިގެން ލިބުނު ބޮޑު ގެއްލުމެއްގެ ސަބަބުންނެވެ.

ޕްރިން އަލްވަލީދުގެ ބައްޕާފުޅު، ޕްރިންސް ޚާލިދު އަކީ ސައޫދީ ރަސްކަމާ ދެކޮޅުވެގެން 11 މަސް ދުވަހަށް ޖަލަށްލީ ޕްރިންސްތަކުގެ ތެރޭގައި ހިމެނުނު ޕްރިންސެކެވެ.