ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

މިނިސްޓްރީ އޮފް ހެލްތުން ބުނިގޮތުގައި ޓެކްނިކަލް މައްސަލައެއް ދިމާވެ ނަފްސާނީ ސިއްހަތުގެ ޤައުމީ ހެލްޕްލައިންގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

Ad
rt

އެހެންކަމުން ޚިދުމަތް މެދުކެނޑިފައިވާ ވަގުތުތަކުގައި އެހީތެރިކަމަށް ބޭނުންވެއްޖެނަމަ 7265402 ނަންބަރަށް ގުޅުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ.

ހެލްތުން ބުނީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ. ޚިދުމަތް އިޔާދަކުރެވުނުހާ އަވަހަކަށް އެކަން އާންމުކޮށް އަންގާނެކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ގޮތުން ޤައުމީ ހެލްޕް ލައިން ތައާރަފްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. 24 ގަޑިއިރު އެހީތެރިކަން ލިބޭ މި ހެލްޕްލައިން ނަންބަރަކީ 1677 އެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގައި ހިމެނޭ ކަމެކެވެ