މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,947 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކަނޑުތައް ވަރަށް ގަދަވާނެ! ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

ކަނޑުތައް ވަރަށް ގަދަވާނެ! ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ފުރަތަމަ މި އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ފަތިހު  5:30 އިން ފެށިގެން ހެނދުނު 9:30 އާއި ހަމައަށެވެ. އެއަށްފަހު ސަމާލުގެ ވަގުތު މިހާރު ވަނީ މެންދުރުފަހު 13:30 އަށް އިތުރުކޮށްފައެވެ. ސަމާލު ނެރުނު ފުރަތަމަ ފަހަރު ވިލާގަނޑުގައި ގަޑިއަކު 40 […]

މަސްވެރިކަމުގެ އަމިއްލަ ދިވެހި ބްރޭންޑް އިފްތިތާހްކޮށްފި
Raajje

މަސްވެރިކަމުގެ އަމިއްލަ ދިވެހި ބްރޭންޑް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ އަމިއްލަ ބްރޭންޑް “ފްރޮމް މޯލްޑިވްސް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް އިއްޔެ އިފްތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި ބްރޭންޑް އިފްތިތާހްކޮށްދެއްވާފައި ވަނީ އިނގިރޭސިވިލާތުގައި އިއްޔެ ބޭއްވި ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރޭގައެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބްރޭންޑްގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ގުޅުވާލުމާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ފައިދާ މުޖުތަމ...

ފެމިލީ ކޯޓުގައި މިދިޔަ ދެމަހު 460 ކައިވެނި، 210 ވަރި
Raajje

ފެމިލީ ކޯޓުގައި މިދިޔަ ދެމަހު 460 ކައިވެނި، 210 ވަރި

ފެމިލީކޯޓުގައި މިދިޔަ މޭ މަހާއި ޖޫން މަހު 460 ކައިވެނި އަދި 210 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ. ފެމިލީ ކޯޓުގެ މިދިޔަ މޭ މަހާއި ޖޫން މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސްހިސާބު ދައްކަގޮތުން މޭ މަހު ވަނީ 280 ކައިވެނި ކޮށްދީފައެވެ. އަދި އެ މަހު 147 ވަރީގެ މައްސަލަ ނިންމާފަވެއެވެ. އެ ކޯޓުން ޖޫން މަހު 180 ކައިވެނިކޮށްދީފައިވާއިރު، ވަރީގެ […]

މޫސުން ގޯސްވާނެ! ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު
Raajje

މޫސުން ގޯސްވާނެ! ހއ.އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ ހެނދުނު 5:30 އިން ފެށިގެން ހެނދުނު 9:30 އާއި […]

ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުން މި ދެއްކީ ރީތި މިސާލެއް
Thiladhunmathi News

ކުޅުދުއްފުށީ ކަސްޓަމްސް މުވައްޒަފުން މި ދެއްކީ ރީތި މިސާލެއް

ކުޅުދުއްފުށި ސިޓީގައި ތިބޭ ކަސްޓަމްސްގެ މުވައްޒަފުން އެ ސިޓީގެ ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ހަދާފައިވާ ޕްލެޓްފޯމް ހިލޭ ސާބަހަށް ހިޔާކޮށްދިނުމުގެ މަސައްކަތްކޮށްދީފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ކުޅުދުއްފުށި ސިޓީ، ޖަލާލުއްދީން ސްކޫލު ގޯތިތެރޭގައި ޤާއިމުކޮށްފައިވާ ޕްލެޓްފޯމުގައި ޓިނުޖަހާ ހިޔާކޮށްދިނުމުގެ މަސައްކަތް ކުޅުދުއްފުށީ ކަސްޓަމްސްގައި މަސައްކަތްކުރާ މުވައްޒަފުން ކޮށްދީފައިވާ ކަމަށެވެ. މި ޕްލެޓްފޯމަކީ އެ ސްކޫލްގެ ގޯތިތެރޭގައި ދަރިވަރުން ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފަ...

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް
International

އަޔަލެންޑް ފެލޯޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް

އަޔަލެންޑް ސަރުކާރުން ކުރިއަށް ގެންދާ “އަޔަލެންޑް ފެލޯސް ޕްރޮގްރާމް 2026/2027” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. މި ފެލޯޝިޕް ޕްރޮގްރާމަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އައިރިޝް މަތީ ތަޢުލީމީ މަރުކަޒުތަކުގައި މާސްޓަރސް ފެންވަރުގެ ފުލްޓައިމް ކޯސްތައް ފުރިހަމަކުރުމުގެ ފުރުސަތު ހޯދައިދޭ ޕްރޮގްރާމެކެވެ. މަތީ ތައުލީމާބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ކޯހަށް ހޮވޭ ފަރާތްތަކުން، ކޯސް ފެށުމުގެ ކުރިން މޯލްޑިވްސް ކޮލ...

ތަހްގީގްގެ ބޭނުމަށް އަބްދުއްރަހުމާނާއި ގުޅުން އޮތް މީހުންނާއި، ޢާއިލާއާއި ސުވާލުކުރަނީ
Raajje

ތަހްގީގްގެ ބޭނުމަށް އަބްދުއްރަހުމާނާއި ގުޅުން އޮތް މީހުންނާއި، ޢާއިލާއާއި ސުވާލުކުރަނީ

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އެމައްސަލައިގެ ތަހުގީގްގެ ބޭނުމަށް އަބްދުއްރަހުމާނާއި ގުޅުން އޮތް މީހުންނާއި، ޢާއިލާއާއި ސުވާލުކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން މަރުވެފައިވަނީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހުއެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެކި...

އެޕްސްޓީން މައްސަލައިގެ ޕްރޮސެކިއުޓަރ މޯރީން ވަޒީފާއިން ވަކިކޮށްފި
International

އެޕްސްޓީން މައްސަލައިގެ ޕްރޮސެކިއުޓަރ މޯރީން ވަޒީފާއިން ވަކިކޮށްފި

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެ ގައުމުގެ އެފްބީއައި ޑިރެކްޓަރ ޖޭމްސް ކޮމީގެ ދަރިފުޅު އަދި މެންހެޓަންގެ ފެޑެރަލް ޕްރޮސެކިއުޓަރެއްގެ ގޮތުގައި ސީން “ޑިޑީ” ކޮމްބްސް އަދި ޖެފްރީ އެޕްސްޓީންގެ މައްސަލަތަކުގައި މަސައްކަތްކުރި މޯރީން ކޮމީ ވަޒީފާއިން ވަކިކޮށްފިއެވެ. އެސޯސިއޭޓެޑް ޕްރެސް އިން، މުވައްޒަފުންނާ ގުޅޭ މައްސަލަތަކާއި ގުޅޭގޮތުން ނަން ހާމަނުކުރަން ބޭނުންނުވާ އިތުބާރު ހިފޭ ތިން މީހަކާއި ހަވާލާދީ ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރި ވަކި ސަބަބެއް ބަޔާންކޮށްފައެއް ނުވެއ...

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރަށްވައިފި
Raajje

ރައީސް މުޢިއްޒު އިނގިރޭސި ރަސްގެފާނާއި ބައްދަލުކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. އިނގިރޭސި ރަސްގެފާނު ޗާލްްސް އާއި ރައީސް ބައްދަލުކުރެއްވީ ރައީސް މިހާރު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މިއަދު ހެނދުނު ވިންޑްސަރ ކާސްލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބައްދަލުވުން ކުރިއަށް ދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ރަސްގެފާނު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެނ...

ވިނަރެސް ޓަވަރަކުން ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ
Raajje

ވިނަރެސް ޓަވަރަކުން ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭ ވިނަރެސްގެ ޓަވަރަކުން ވެއްޓުނު  18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރަކުން މީހަކު ވެއްޓިގެން ހަރަކާތެރިވަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު 16:40 ހާއިރުއެވެ. އޭނާ ވެއްޓުނީ ވިނަރެެސްގެ 8 ވަނަ ޓަވަރުންނެވެ. އޭނާ ވެއްޓުމުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާކަމަށް ފުލުހުން ވަނީ 17:40 ހާއިރު ބުނެފައެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި ނިޔާވެފައި ވަނީ 18 އަހަރުގެ ދިވެ...

ކަރީމްބެއަކީ ޞިއްޙީ ދާއިރާގެ ނަމޫނާ ޝަޚްޞިއްޔަތެއް: ރައީސް
Raajje

ކަރީމްބެއަކީ ޞިއްޙީ ދާއިރާގެ ނަމޫނާ ޝަޚްޞިއްޔަތެއް: ރައީސް

ޞިއްޙީ ދާއިރާއަށް 47 އަހަރަށް ވުރެ ދިގު މުއްދަތަކު ޚިދުމަތް ކުރެއްވި، އެތައް ބަޔަކަށް ބޭސްފަރުވާ ކޮށްދެއްވި ޚިދުމަތްތެރިޔާ، ޢަބްދުލްކަރީމް އާދަމް (ކަރީމްބެ) އަވަހާރަވުމުގެ ހިތާމައިގާ، އެ މަރުޙޫމްގެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ކަރީމްބެ އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރީމްބެ އަވަހާރަވުމަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި...

އަސްކޮއި ގްރޫޕްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި
Raajje

އަސްކޮއި ގްރޫޕްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

އުމްރާއަށް މީހުން ގެންދަން ފައިސާ ނަގައި، އެ އިންތިޒާމްތައް ހަމަޖައްސައި ނުދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މި މައްސަލައަކީ އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާޒް ޕްރައިވެޓް ލިމިޓެޑްއާ ގުޅުންހުރި މައްސަލައެކެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނި ގޮތުގައި، އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާޒް ޕްރައިވެޓް ލިމިޓެޑްއިން އުމްރާއަށް މީހުން ގެންދާނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ ނަގައި، އުމްރާއަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެފައިވާ މައްސަލައެއް އެ އިދާރާގ...

ޔަހޫދީ ވެރިކަމަކީ ކެންސަރެއް، އެމެރިކާ އަކީ އެމީހުންނަށް ވާގިވެރިވާ ކުށްވެރިންތަކެއް: ހާމަނާއީ
International

ޔަހޫދީ ވެރިކަމަކީ ކެންސަރެއް، އެމެރިކާ އަކީ އެމީހުންނަށް ވާގިވެރިވާ ކުށްވެރިންތަކެއް: ހާމަނާއީ

އިސްރާއީލްގެ ޔަހޫދީ ދައުލަތަކީ ކެންސަރެއް ގޮތުގައި އީރާނުން ދެކޭ ކަމަށާއި، އެމެރިކާ އަކީ އެމީހުންނާ ވާގިވެރިވާ ކުށްވެރިންތަކެއް ކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ. ދުވަސްތަކަށްފަހު ހާމަނާއި އިއްޔެ ވަނީ އިސްރާއީލާއި އެމެރިކާ އިން އީރާނާއި ދެކޮޅަށް ކުރި ހަނގުރާމައާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ހާމަނާއި ވިދާޅުވެފައިވާ ގޮތުގައި، އީރާނުން އެއްވެސް ކަމަކާއި ކުރިމަތިލާނީ މާތްﷲގެ އިރާދަފުޅާއެކު އެކަމަށް ފުރިހަމައަށް ތައްޔާރުވެ، ހަތިޔާރު ހަމަކޮށްގެންނެވެ. ”އާ...

ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި
Raajje

ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާކޮށްފި

ތަޢުލީމާއި ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުމަށް ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިނގިރޭސިވިލާތަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒް (ފޮރިން ސެކްރެޓަރީ) ރައިޓް ޑޭވިޑް ލެމީ އެމް.ޕީ އިއްޔެ ވަނީ ރައީސް މުޢިއްޒާއި ބައްދަލުކުރަށްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއަދުގެ މި ބައްދ...

މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް
Thiladhunmathi News

މިނިވަންދުވަހާއި ގުޅުވައިގެން ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް

މިއަހަރުގެ މިނިވަންދުވަހާއި ގުޅުވައިގެން ހދ. ހަނިމާދޫ ކައުންސިލުން އެރަށުގައި އަވެލި މޮޑުމުގެ ހަރަކާތެއް ބާއްވަން ނިންމައި، އެހަރަކާތް އިންތިޒާމްކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފިއެވެ. މި ހަރަކާތް ހިންގުމަށް ހަނިމާދޫ ކައުންސިލުން ބީލަމަށް ހުޅުވާލައިކޮށްފައިވާ ޢިއުލާންގައި ބުނީ، މިނިވަންދުވަހާއި ގުޅިގެން އެ ކައުންސިލުން ހަނިމާދޫ ރައްޔިތުންނަށް ބޭއްވުމަށް ނިންމާފައިވާ އަވެލި މޮޑުމުގެ ޙަރަކާތް އިންތިޒާމްކޮށް، މިހަރަކާތަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ...