ޖަރުމަނު ހޮސްޕިޓަލެއްގެ އުފަންވި ކުދިންގެ ލިސްޓްގައި ޔަހްޔާ ސިންވާރުގެ ނަން
ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި އުފަންވީ ކުއްޖަކަށް ފަލަސްތީނުގެ ހަމާސްގެ ކުރީގެ އިސްވެރިޔާ ޔަހްޔާ ސިންވާރު ނަން ދީފިއެވެ. ޖަރުމަނުވިލާތުގެ އިރުމަތީ ސަރަހައްދުގައި ހުންނަ ލައިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލްގެ މެޓަރނިޓީ ކްލިނިކުން ވަނީ އެތަނުގައި އުފަންވީ ކުދިންނަށް މައިންބައިން ދީފައިވާ ނަންތަކުގެ ލިސްޓް އާންމު އުސޫލުން ހޯމަ ދުވަހު ވެސް އާންމުކޮށްފައެވެ. އެ ލިސްޓްގައި އެއް ކުއްޖަކަށް ދީފައިވާ ނަމަކީ 18 އޮކްޓޯބަރު 2024 ގައި އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައިވާ، އެއިރު ހަމާސްގެ ވެރިޔަކަށ...