ހުޅުމާލެ ހޮސްޕިޓަލްގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު އެ ހޮސްޕިޓަލްގައި އޮރިއެންޓޭޝަން ޕްރޮގްރާމް ވަނީ ބާއްވާފައެވެ.

Ad
rt

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ޑޮކްޓަރުކަމުގެ ފާސް ލިބެނީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމުން ކަމަށްވާއިރު، މި ޕްރޮގްރާމަކީ ޑޮކްޓަރުކަމުގެ ދާއިރާއިން ތަމްރީނު ހޯދުމަށް ކޮންމެހެން ބޭނުންވާ މުހިންމު ޕްރޮގްރާމެކެވެ.

މާލެ ސަރަހައްދުގައި މިހާރު މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ހިންގަމުންދަނީ ތިން ހޮސްޕިޓަލެއްގައެވެ. އެއީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)، އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

އަތޮޅުތެރޭގައި މިފަދަ ޕްރޮގްރާމެއް ފުރަތަމަ ފަހަރަށް ފެށިފައިވަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ. މި ޕްރޮގްރާމް އެ ހޮސްޕިޓަލްގައި ފަށާފައިވަނީ މިދިޔަ މަހުއެވެ.

މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް އިތުރު ހޮސްޕިޓަލްތަކުގައި ފެށުމަކީ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޞިއްޙީ ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.