ތޮއްޑޫގައި ބާއްވާ ބައިނަލްއަޤްވާމީ ޓޭބަލްޓެނިސް މުބާރާތުގެ ފެށުން ރައީސް ޝަރަފްވެރިކޮށްދެއްވައިފި
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތް، “ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް” ފެށުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ. މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ތޮއްޑޫ ސްކޫލްގެ ދަރިވަރުން ވަނީ ޚާއްޞަ ސަގާފީ އައިޓަމ...