މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,450 Stories
2,903 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި
Raajje

ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށް، އެރަށު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ހިމަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. މީ...

މާއުނގޫދޫ ޤުރުއާނާއި ބެހޭ ސެންޓަރު އަޅަން ހަވާލުކޮށްފި
Thiladhunmathi News

މާއުނގޫދޫ ޤުރުއާނާއި ބެހޭ ސެންޓަރު އަޅަން ހަވާލުކޮށްފި

ށ. މާއުނގޫދޫގައި ޤުރުއާނާ ބެހޭ ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ހޯމަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 4 މިލިއަން ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައި ވަނީ 240 ދުވަހުގެ މުއްދަތެވެ. މި ސެންޓަރުގެ އިމާރާތް ނިމުމުން،...

ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި
Parliament

ހަންނާނުގެ މީޑިއާ ބިލު އަނބުރާ ގެންދިޔުމަށް އެމްޖޭއޭއިން ގޮވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިޔުމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ. ހަންނާން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި ވެސް ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް...

ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި
Raajje

ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވ...

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި
Raajje

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބަދަލު ގެންނަން  ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓ...

ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު
Raajje

ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) ކަމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. ފުލުހުން ބުނާ ގޮތުގައި ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އަޙްމަދު ނަޝީދު ހުއްޓުވި ވަގުތު، ސައިކަލ...

މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025ގެ ގުރުއަތުލައިފި
Thiladhunmathi News

މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025ގެ ގުރުއަތުލައިފި

ހދ. މަކުނުދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”މާ މަކުނުދޫ ފުޓްސަލް ޗެލެންޖް 2025”ގެ ގުރުއަތުލައިފިއެވެ. މި މުބާރާތުގެ ގުރުއަތުލުން މަކުނުދޫ ކައުންސިލް އިދާރާގައި މިއަދު ބާއްވާފައިވާއިރު، މި މުބާރާތަކީ ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. މަކުނުދޫ ކައުންސިލުން މުޅި މަކުނުދޫއަށް ހުޅުވާލައިގެން އަހަރަކު އެއްފަހަރު ކުރިއަށް ގެންދާ މި ފުޓްސަލް މުބާރާތުގެ މިއަހަރުގެ މުބާރާތް ފަށަން ނިންމާފައި ވަނީ 24 އޯގަސްޓް 2025 ގައި އަންހެން ޑިވިޒަންގެ ހޭޅި ލޭޑީސް އާއި ހޭޅި ބައްދަލުކުރާ މެ...

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު
Raajje

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުނ...

ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި
Raajje

ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ޖުމްލަ 9 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައ...

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި
Raajje

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. މި އުޅަނދުތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދޫނިދޫގައެވެ. މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވ...

ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
Raajje

ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަފްރާހް ނިޔާވިކަން ހާމަކޮށް ފުލުހުން އިއްޔެ ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު އާދީއްތަ ދުވަހުގެ ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އެހެންވެ އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި، އޭނާ ހޮސްޕި...

2027 ގެ ނިޔަލަށް ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި
Raajje

2027 ގެ ނިޔަލަށް ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި

2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމްކުރާ ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރަށްވާފައި ވަނީ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 11 އޮގަސްޓު 2025 ގައެވެ. މި ބިލުގައިވާ އިސްލާހުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި، […]

އިސްރާއީލާއި ދެކޮޅަށް ޔޫރަޕްގައި އެތައްހާސްބަޔަކު މުޒާހަރާކޮށްފި
International

އިސްރާއީލާއި ދެކޮޅަށް ޔޫރަޕްގައި އެތައްހާސްބަޔަކު މުޒާހަރާކޮށްފި

ފަލަސްތީނުގެ ޣައްޒާ އާއި ވެސްޓް ބޭންކް (ހުޅަނގު އައްސޭރި)ގައި އިސްރާއީލުން ހިންގަމުންދާ ޢުދުވާނީ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ޔޫރަޕުގެ އެކި ގައުމުތަކުގައި ހޮނިހިރު ދުވަހު އެތައްހާސް ބަޔަކު އެއްވެ މުޒާހަރާތައްކޮށްފިއެވެ. ސްވިޑަން މިގޮތުން ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި، އޯޑަންޕްލާން މައިދާނުގައި މުޒާހަރާކުރި ފަރާތްތަކުން މުޒާހަރާކޮށްފައި ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން ތިބެއެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގައި ޝަހީދުވި އަލްޖަޒީރާގެ މުވައްޒަ...

ކުވޭތުގައި ވަގަށް އުފައްދާ ބަނގުރާ ބުއި 23 މީހަކު މަރުވި މައްސަލާގައި 67 މީހަކު ހައްޔަރު
International

ކުވޭތުގައި ވަގަށް އުފައްދާ ބަނގުރާ ބުއި 23 މީހަކު މަރުވި މައްސަލާގައި 67 މީހަކު ހައްޔަރު

ކުވޭތުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއި 23 މީހަކު މަރުވި މައްސަލާގައި 67 މީހަކު ހައްޔަރުކޮށްފިއެވެ. ކުވޭތަކީ މުސްލިމް ޤައުމެއްކަމުން އެ ޤައުމުގައި ބަނގުރާ އެތެރެކުރުމާއި އުފެއްދުމަކީ ޤާނޫނީ ކުށެކެވެ. ކުވޭތުގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެ ޤައުމުގައި ޤާނޫނާއި ޚިލާފަށް އުފައްދާ ބަނގުރާ ބުއިމުގެ ސަބަބުން 23 މީހަކު މަރުވި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި މިހާތަށް ވަނީ ބަނގުރާ އުފެއްދުމުގެ ނެޓްވޯކްތަކުގެ 67 މީހަކު ހައްޔަރުކޮށްފައެވެ. މި ނެޓްވޯކްގެ އިސް މީހާ […]

ޣައްޒާ ހަނގުރާމައިގެ އިތުރު މަރުހަލާއެއް ފެށުމުގެ ޕްލޭނަށް އިސްރާއީލު ސިފައިންގެ ވެރިޔާ ހުއްދަ ދީފި
International

ޣައްޒާ ހަނގުރާމައިގެ އިތުރު މަރުހަލާއެއް ފެށުމުގެ ޕްލޭނަށް އިސްރާއީލު ސިފައިންގެ ވެރިޔާ ހުއްދަ ދީފި

ޣައްޒާގެ ހަނގުރާމައިގައި އިސްރާއީލުން “ދެވަނަ މަރުހަލާ” އަށް ދިއުމަށް ރޭވިފައިވާ ޕްލޭނަށް އެ ގައުމުގެ ސިފައިންގެ އެންމެ އިސްވެރިޔާ އައިޔާލް ޒަމީރު ހުއްދަ ދީފިއެވެ. އިސްރާއީލުން ދަނީ ޣައްޒާ ސިޓީ ހިސޯރުކޮށް، ބޭހާއި ކާބޯތަކެތި ވެއްދުން މަނާކޮށް، އަސާސީ ޚިދުމަތްތަކުން ޣައްޒާގެ ރައްޔިތުން މަޙްރޫމްކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައި، ޝަހީދުކޮށް، ގޯތިގެދޮރު ސުންނާފަތި ކުރަމުންނެވެ. ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ޣައްޒާގެ މުސްލިމް ނަސްލު ފޮހެލައި، ބިންތައް ފޭރިގަތުމަށް އަމާޒު ހިފާފައިވާއިރު، އ...