ށ. ކޮމަންޑޫގައި އައިސް ޕްލާންޓެއް ޤާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްްވި ޖަލްސާގައެވެ.

Ad
d

މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. އަދި އެތިއޮން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު ޢަބްދުﷲ އެވެ.

މަސްވެރިންނަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުގެ ސަބަބުން މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާނެ ކަމަށް ސަރުކާރުން ބެލެވެއެވެ.

Ad
df

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރާ އައިސް ޕްލާންޓްތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ކުރިން ވަނީ ވިދާޅުވެފައެވެ.