ކުރުނބާ ރިސޯޓް ކައިރިން ދެ ލޯންޗް ޖެހި އެކްސިޑެންޓެއް ހިނގައި، އެކްސިޑެންޓްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
މެރިން ޕޮލިހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ މިރޭ 7:15 ހާއިރު އެވެ.
މި އެކްސިޑެންޓްގައި އެކަކަށް އަނިޔާވެފައިވާއިރު، އެ މީހާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް މެރިން ޕޮލިހުން މަޢުލޫމާތު ދީފިއެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ކޮނޑު ހުޅުން ނެއްޓިފައިވާ ކަމަށް މެރިން ޕޮލިހުން ބުނެފައިވެއެވެ.
މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި މެރިން ޕޮލިހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ޕޮލިހުން މަޢުލޫމާތު ދީފައިވެއެވެ.
މި އެކްސިޑެންޓް ހިނގި ގޮތާއި، އެކްސިޑެންޓްގައި ޖެހުނު ލޯންޗްތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުގައި ވާތީ، ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާ ގުޅޭ ފަހުގެ މައުލޫމާތު އަދާހަމަކޮށްގެން ނޫނީ ދަތުރަށް ނުފެށުމަށް ކަމާބެހޭ އިދާރާތަކުން ދުރާލާ ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!