ކިޑްނީ ބަލިތަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް މި މިމަހު ކޭއާރުއެޗުގައި ފަށަނީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް(ކޭއާރުއެޗް) އިން މި މިމަހުތެރޭގައި ކިޑްނީ ބަލިތަކުގެ ޑޮކްޓަރަކާއި ފުއްޕާމޭ ބަލިތަކުގެ ޑޮކްޓަރެއްގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ޗީފް އެގްޒެޓިވް އޮފިސަރ ނާޒިމާ އަލީ ވިދާޅުވެއްޖެއެވެ. ސީއީއޯ ނާޒިމާ މިކަން ހާމަކުރެއްވީ، ކޭއާރުއެޗުން މިހާރު ދެމުންދާ ޚިދުމަތްތަކާއި ފާއިތުވެ ދެ އަހަރު ދެވުނު ޚިދުމަތަކާއި ގުޅޭ ގޮތުން ދެއްވި ޚުލާސާ މެސެޖެއްގައެވެ. އެ މެސެޖުގައި ނާޒިމާ ވިދާޅުވިގޮތުގައި މިދިޔަ ދެ އަހަރު މަސައްކަތްކުރެއްވީ ކޭއާރުއެޗުން ދެމުންދިޔަ ޚިދުމަތްތަކަ...