ހދ. ހަނިމާދޫގައި ދީނީ ހޭލުންތެރިކުރުވުމުގެ މަސައްކަތަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ‘ހަނދުމަ’’ ޖަމިއްޔޭ ރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިކަމަށް ރޭ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އައްސައިޚް ޑރ. މުހައްމަދު އިމްރާން ޢަލީ އާއި މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒެވެ.

Ad
rt

މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލް މެމްބަރުންނާއި، މުވައްސަސާތަކުގެ ވެރިންނާއި، ހަނިމާދޫ ސްކޫލްގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނާއި އެރަށު ރައްޔިތުންގެ ތެރެއިން ވެސް މީހުން ބައިވެރިވެފަވެއެވެ.

ހަނިމާދޫ ހަނދުމަ ޖަމިއްޔާ އިފްތިތާޙްކޮށްދެއްވީ މަންފާ ޖަމިއްޔާގެ ރައީސް ޢަލީ ރަމީޒެވެ.

މި ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ރައީސް އަހްމަދު ހުސެންފުޅު ދެއްކި ވާހަކާގައި ވަނީ އެ ޖަމިއްޔާ އުފެއްދުމުގައި އިސްކޮށްއުޅުނު ފަރާތްތައް ކުރިން ވެސް ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރަމުން އައިކަން ފާހަގަކޮށްފައެވެ. ފަރުދީގޮތުން މި މަސައްކަތްކޮށްފައި ވަނީ ރަށުގެ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާތަކާއި ގުޅިގެންކަން އޭނާ ފާހަގަކޮށްފައިވެއެވެ.

އަހްމަދު ބުނިގޮތުގައި އެ ހަނދުމަ ޖަމިއްޔާ އުފެއްދީ އެ މަސައްކަތްކުރުމަށް ޖަމިއްޔާއެއް އޮތުމުގެ ބޭނުންތެރިކަމާއި، އެއިރުން އެކަމަށް ލިބިގެންދާނެ ފަސޭހަތައް ވެސް ގަބޫލުކުރެވިގެންކަމަށެވެ.

އޭނާ ބުނިގޮތުގައި އެ ޖަމިއްޔާގެ އަޒުމަކީ މުޅި އިސްލާމީ އުއްމަތަށް އެ ޖަމިއްޔާގެ މަސައްކަތުން ފައިދާ ލިބިގެންދިޔުމެވެ.