Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,692 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ
Raajje

ސަފާރީއެއްގައި އަލިފާން ރޯވެއްޖެ

ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައި ވަނީ “ޔަސާވާ ޕްރިންސަސް” ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ. އެ ސަފާރީގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަލިފާން ރޯވިއިރު މި ސަފާރީ އޮތީ ވ.އަތޮޅު ކުޑަ އަންބަރާ ކައިރީގައެވެ. ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.  

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި
Raajje

ބަންދާއި ދިމާކޮށް އުޅަނދުފަހަރު ޗެކްކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ސްކޫލު ބަންދާއި އައު އަހަރާ ދިމާކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މެރިން ޕޮލިހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އޮޕަރޭޝަނަކީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ ދަށުން މާލެއިން ފުރާ އަދި މާލެ އަންނަ ފެރީތަކާއި މުދާ އުފުލާ ބޯޓުފަހަރުގެ ސަލާމަތީ ވަސީލަތްތައް ހުރިތޯ ބަލައި ފާސްކުރާނެއެވެ. މީގެ ތެރޭގައި ލައިފް ޖެކެޓާއި، އަލިފާން ނިއްވާ ނިޒާމު ފަދަ ކަނޑުމަތީގެ ސަލާމަތަށް ބޭނުން...

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި
Raajje

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަންތަކަކީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން، މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. ފުރަތަމަ އޮޕަރޭޝަން: ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 8 މީހުން ހައްޔަރު މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި މާލޭގެ 7 އެޕާޓްމަންޓެއް ބަލައިފާސްކޮށް...

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް
Raajje

ވިޔަފާރިއެއް ފެށުމަށް ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އަންނަނީ ފުރުސަތު ފަހިކޮށްދެމުން: ރައީސް

ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޒުވާނުންގެ އިސްނެގުމުގައި ހިންގާ ވިޔަފާރިތަކުގެ ނިސްބަތް މިހާރު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންގެ ފަރާތުން ފާޅުކުރި ކަންބޮޑ...

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް
Raajje

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެން: ރައީސް

މާދަމާ އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑުއަހައިގެންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ޔޫތު ކޮންފަރެންސް ނިންމުމުގެ ގޮތުން ބޭއްވި “ޔޫތް ކޮފީ ވިތް ޕްރެޒިޑެންޓް” ސެގްމަންޓްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ޒުވާނުންނަކީ މިއަދުވެސް އަދި މާދަމާވެސް ޤައުމު ކުރިއެރުވުމުގައި އެންމެ މުހިންމު ބައިވެރިންކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލު އުޖާލާކުރުމަށްޓަކައި ޒުވާނުންގެ އަޑުއެހުމަކީ ކ...

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް
Raajje

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއްނޫން: ޝަހީމް

އަތަރު ލުމަކީ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއްގައެވެ. މި މެސެޖުގައި ވަޒީރު ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ބަހައްޓާފައި ހުންނަތަން ފެންނަ ކަމަށެވެ. އަދި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގެ ގައިގައި އަތަރު އުނގުޅުމަކީ […]

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި
Raajje

ހިޔާ ފްލެޓެއްގައި ޑްރަގް ވިއްކަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފްލެޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން ބަހާތައް ގުޅިގެންމި...

ހދ. އާއި ށ.އަތޮޅުގައި ޕީއެންސީ ޕްރައިމަރީއެއް ނެތް
Raajje

ހދ. އާއި ށ.އަތޮޅުގައި ޕީއެންސީ ޕްރައިމަރީއެއް ނެތް

އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ޕްރައިމަރީ އޮންނަ ރަށްތަކާއި ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް ޝަކުވާއަށް މިރޭ ހުޅުވާލައިފި އެވެ. މި ޕްރައިމަރީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ޕްރައިމަރީ ނޯންނަ އަތޮޅު ތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅާއި، ށ. އަތޮޅު ވަނީ ހިމެނިފައެވެ. ހއ. ގެ ތިން ރަށެއްގައި ޕްރައިމަރީ އޮންނާނެއެވެ. އެއީ ބާރަށް، އުތީމު އަދި ފިއްލަދޫގައެވެ....

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަނީ، ތިރީ ފްލޯ ޕާކިންގ އަށް ހާއްސަ
Raajje

ހުޅުމާލޭގެ ގޯތިތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތް ހަދަނީ، ތިރީ ފްލޯ ޕާކިންގ އަށް ހާއްސަ

ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ހުޅުމާލޭގައި ކުރިމަތިވެފައިވާ ޕާކިންގ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެހެންކަމުން، ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރާނަމަ، އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންގ...

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ
Raajje

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި މަސްޖިދުލް އީމާން ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ފޭސް 2ގައި އަލަށް އިމާރާތްކޮށް ނިމިފައިވާ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އިއްޔެ ވިދާޅުވެއްޖެއެވެ. މި މިސްކިތުގެ ނަމަކީ ”މަސްޖިދުލް އީމާން” އެވެ. ޝަހީމް ވިދާޅުވިގޮތުގައި މި މިސްކިތް ހުޅުވާނީ އަންނަ ހުކުރު ދުވަހު ހުކުރު ނަމާދަށެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުގައި މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ތިން ފްލޯގެ މި މިސްކިތަކީ ހެޔޮއެދޭ ފަރާތެއްގެ […]

ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާ، 12،11ގެ ކުދިންގެ ފޯނު ލޮކަރަށް
Raajje

ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާ، 12،11ގެ ކުދިންގެ ފޯނު ލޮކަރަށް

އަންނަ ދިރާސީ އަހަރުން ފެށިގެން ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިޔުން މަނާވާނެ ކަމަށާއި، ގްރޭޑް 11 އަދި 12 ގެ ކުދިންނަށް ކިޔަވައިދޭ ވަގުތު ފޯނު ބޭނުންކުރުން މަނާވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ ގްރޭޑް 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ގެންދިޔުމަކީ ކުރިންވެސް މަނާކަމެއް […]

12 ދުވަހުގެ ތެރޭގައި 83 މަސާޖު ޕާލާއެއް ބަންދުކޮށްފި
Raajje

12 ދުވަހުގެ ތެރޭގައި 83 މަސާޖު ޕާލާއެއް ބަންދުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން، ޑިސެންބަރު 9 ވަނަ ދުވަހުން ފެށިގެން 21 ޑިސެމްބަރާއި ހަމައަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވީ މަސާޖު ޕާލާގެ މައްސަލައަކީ މުޅި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޮޑު އިޖުތިމާޢީ މައްސަލައެއް ކަމަށާއި، މިކަމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށ...

ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި
Raajje

ހިޔާ ފްލެޓެއްގައި ދެބެން ތަޅައިގަނެ ވަޅިން ހަމަލާދީ އެކަކު ޒަޚަމްކޮށްލައިފި

ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި ދެބެންގެ ދެމެދުގައި މާރީމާރީ ހިންގައި އެކަކަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ބުނިގޮތުގައި، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެއެޕާރޓްމަންޓަށް ގޮސް ބެލިބެލުމުން ދެބެންގެ މެދުގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާކަމަށް ފުލުހުން...

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް، ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް
Raajje

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް، ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް

ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. “ދިވެހި ތާނައަކީ ދިވެހ...