ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުވުން އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވިގޮތުގައި، މި ބައްދަލުވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ.

Ad
rt

މީގެ މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމެވެ.

މި ބައްދަލުވުން އޮންނާނީ 21 ޑިސެމްބަރު 2025 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލްގައިކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ވިލިމާލޭގައި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއެކު 23 ނޮވެމްބަރު 2025 ގައި ރައީސް ބާއްވަވާފައިވާއިރު، ދެވަނަ ބައްދަލުވުން 25 ނޮވެމްބަރުގައި ވަނީ މައްޗަންގޯޅީގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރަށްވާފައެވެ. ތިންވަނަ ބައްދަލުވުން 4 ޑިސެމްބަރު ގައި މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު ވަނީ ބާއްވާފައެވެ. މީގެ ހަތަރު ވަނަ ބައްދަލުވުން ރައީސް ވަނީ 7 ޑިސެމްބަރު 2025 ވާ އާދީއްތަ ދުހުގެ ރޭ ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާއެކު ބާއްވަވާފައެވެ. ފަސްވަނަ ބައްދަލުވުން ގަލޮޅު ރައްޔިތުންނާއެކު 16 ޑިސެމްބަރުގައި ބާއްވަވާފައިވާއިރު، 18 ޑިސެމްބަރުގައި ހުޅުމާލޭ ފޭސް 2 ގައި އުޅޭ ރައްޔިތުންނާ ވަނީ ބައްދަލުކުރަށްވާފައެވެ.