Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,691 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް
Thiladhunmathi News

ނަރުދޫގައި 'އަސާސީ ދަނޑު' މިހާރު އޮތް ފަރާތްތަކަށް އިތުރު ފުރުސަތެއް

ށ. ނަރުދޫ ކައުންސިލުން އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ “އަސާސީ ދަނޑު” ތަކުގެ ތެރެއިން، މިހާރު ދަނޑު އޮވެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ. މިއީ 2024 ވަނަ އަހަރު ހުޅުވާލި ފުރުސަތުގައި އެކި ސަބަބުތަކާ ހުރެ ފޯމު ހުށަނޭޅި ތިބި ފަރާތްތަކަށް ދިން ފުރުސަތެކެވެ. ނަރުދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، 5 ނޮވެންބަރު 2024 ގައި އާންމުކޮށްފައިވާ “ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުސޫލު” ގެ 5 […]

އަމާން އުދަރެސް ފްލެޓު: 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި
Raajje

އަމާން އުދަރެސް ފްލެޓު: 399 މީހަކަށް ތަޅުދަނޑި ހަވާލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 4,000 ‘އަމާން އުދަރެސް’ ފްލެޓުގެ ތެރެއިން މިހާތަނަށް 399 މީހަކަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ޖުމްލަ 3,879 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުން ގާއިމްކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމ...

ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި
Raajje

ހީލަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފި

އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ފުލުހުން ހޯދައި ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ، މއ. ގުލްޝަންކިނާރާ، އަޙްމަދު ޢިރުފާލް (36އ) އެވެ. ޢިރުފާލް ހައްޔަރުކޮށްފައިވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތުކުރެވިގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޑިސެންބަރު މަހު...

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި
Thiladhunmathi News

އެމްޑީޕީ ޕްރައިމަރީ އޮންނަ ރަށްތަކުގެ ލިސްޓަށް ހަނިމާދޫ އިތުރުކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ބާއްވާ ލިސްޓަށް ހދ. ހަނިމާދޫ އިތުރުކޮށްފިއެވެ. އެމްޑީޕީން އިއްޔެ ވަނީ އެ ޕާޓީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު ނެރެ...

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގް އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
Raajje

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ޑްރަގް އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ 2025 ޑިސެންބަރު 25 ވަނަ ދުވަހު ކަސްޓަމްސް އިން ބަލައިފާސްކުރި މުދާތަކެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ޢާފިޔާ، އަޙްމަދު ޢަލީ (47އ) އާއި މާލެ، ގ. އުފްރިޔާ، މުޙައްމަދު ޢާދިލް (57އ) އެވެ. މީގެ ތެރެއިން އަޙްމަދު ޢަލީ ހައްޔަރުކޮށްފައިވަނީ ޑިސެނ...

ބޯޒިޔާރަތް ފަދަ މަޝްރޫޢު ތަކުން ކުޅުދުއްފުއްޓަށް އިޖުތިމާއީ، އިގްތިސޯދީ ފައިދާލިބޭނެ: މޭޔަރު އާތިފް
Thiladhunmathi News

ބޯޒިޔާރަތް ފަދަ މަޝްރޫޢު ތަކުން ކުޅުދުއްފުއްޓަށް އިޖުތިމާއީ، އިގްތިސޯދީ ފައިދާލިބޭނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު ފަދަ މަޝްރޫޢުގެ ސަބަބުން އެ ސިޓީއަށް އިޖުތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ފައިދާތައް ލިބިގެންދާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ރޭ ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށި ސިޓީގައި ތަރައްގީކުރި ބޯޒިޔާރަތް ސަރަހައްދު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ، އެ ސިޓީގައި ހުރި އެފަދަ ތަންތަނަކީ ސިޓީއަށް ލިބިފައިވާ މައުނަވީ ތަރިކައެއްކަމަށެވެ. ސިޓީ ކައުންސިލްގެ މި ދައުރުގައި ރައ...

"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް
Raajje

"އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް”ގެ ނަން “އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް”ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ. މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި، ދެންނެވުމުގައެވެ. ރައީސުލްޖުމްހޫރިއްޔާ، މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތް...

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރަނީ
Raajje

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރަނީ

ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ރައީސް ވިދާޅުވި ގޮތުގައި، މި ނިންމެވުމަކީ 17 ޑިސެންބަރު 2025 ގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު އެމަނިކުފާނު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ފާހ...

ހޯރަފުށީ މޯލްޑިވިއަން އޮފީސް ފަޅާލައި ވައްކަންކޮށްފި
Thiladhunmathi News

ހޯރަފުށީ މޯލްޑިވިއަން އޮފީސް ފަޅާލައި ވައްކަންކޮށްފި

ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީސް ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 28 ޑިސެންބަރު 2025 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. ‘’މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ.’’ ފުލުހުން މިއަދު ބުންޏެވެ. މިމައްސަލައާ ގުޅިގެން މީހަކު އަދު ހައްޔަރުކޮށްފައެއް...

ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށި ބޯޒިޔާރަތް ބީޗު ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ބޯޒިޔާރަތަކީ ކުޅުދުއްފުށީ ހުޅަނގު ދެކުނު ދެކޮޅު ގައި ޒަމާނުއްސުރެ މޫދަށް އެރެން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ. ކުޅުދުއްފުށީގެ އާންމު ރައްޔިތުންނާއި ދައުލަތުގެ ފަރާތުން މި ސަރަހައްދު އެކި ދުވަސްވަރުގައި ތަރައްގީ ކުރަމުން ދިޔަ ނަމަވެސް  އެންމެ އެދެވޭގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކާއެކު...

ބޮޑު ތިލަދުންމަތީގައި އެމްޑީޕީގެ ޕްރައިމަރީ ހަތަރު ރަށެއްގައި
Raajje

ބޮޑު ތިލަދުންމަތީގައި އެމްޑީޕީގެ ޕްރައިމަރީ ހަތަރު ރަށެއްގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. އެމްޑީޕީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލެވުނު އިއުލާނާއި ގުޅިގެން ކުރިމަތިލާފަވާ ފަރާތްތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެ...

ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރު
Raajje

ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ވިއްކަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރު

މާލޭގެ ގެއެއްގެ ތިން ފަންގިފިލާ ކުއްޔަށް ނަގައިގެން ބަނގުރާ ކައްކައި، އޭގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން ރިވެލި” ގެ ދަށުން ހިންގި ހަރަކާތެކެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންނެވެ. އެއީ މޮހަންދާސް ރަޖެންދިރަން (22އ...

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މިއީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެކަނަބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ރައީސް އެންމެ ފަހުން ބޭރު ޤައުމަކަށް ވަޑައިގެންފައި ވަނީ އިނގިރޭސި ވިލާތަށެވެ. އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބަ...

ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށް
Raajje

ޕީއެންސީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ކުރިއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަންޖެހޭ ރަށްތަކާއި ދާއިރާތަކުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މި ޕްރައިމަރީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ޕްރައިމަރީ ނޯންނަ އަތޮޅު ތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅާއި، ށ. އަތޮޅު ވަނީ ހިމެނިފައެވެ. ނަމަވ...

ރިސޯޓެއްގައި އަންހެނަކު ބަލިވެއިނދެ ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ބަލަނީ
Raajje

ރިސޯޓެއްގައި އަންހެނަކު ބަލިވެއިނދެ ބައިގެންދިޔަ ކުއްޖެއްގެ މަރުގެ މައްސަލަ ބަލަނީ

ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ބުނީ، ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:06 ހާއިރު އިދާރާ އަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 27 އަހަރުގެ ދިވެހި އަންހެނެކެވެ. މި ހާދިސާ ހިނގާފައި ވަނީ ވ. އަތޮޅު ރިސޯޓެއްގައެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށެވެ. އަދި އިތުރު ތަފްސީލެއް ނުދެއެވެ. އެ […]