ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީސް ދޮރު ހަލާކުކޮށްލައިގެން ވަދެ ވައްކަންކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 28 ޑިސެންބަރު 2025 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރު އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

Ad
rt

‘’މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ.’’ ފުލުހުން މިއަދު ބުންޏެވެ.

މިމައްސަލައާ ގުޅިގެން މީހަކު އަދު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.