Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި
Business

މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފި

މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް، މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ. ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން މިއަދު އެ ކުންފުނީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނީ، މުލީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައްފަށައި، ފުރަތަމަ ފްލައިޓަށް މަރުޙަބާ ކިޔާފައިވާ ކަމަށެވެ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 20 މެއި 205 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުލީ އެއާޕޯޓަކީ ރާއްޖޭގައި ހުޅުވި 19 ވަނަ އެއާޕޯޓެވެ. އަދި 14 ވަނަ ޑޮމެސްޓިކް އެއާޕޯޓެވެ. […]

ރައީސްގެ ވައުދާއި އެއްގޮތަށް ޝަންގްރިއްލާ އަލުން ހުޅުވައިފި
Business

ރައީސްގެ ވައުދާއި އެއްގޮތަށް ޝަންގްރިއްލާ އަލުން ހުޅުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އައްޑޫސިޓީގައި އޮންނަ ޝަންގުރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ބޮޑު މަރާމާތަކަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި ފަހުން މި ރިސޯޓު ހުޅުވި ފުރަތަމަ ފަހަރެވެ. މިއަދު މި ރިސޯޓު އަލުން ހުޅުވުމާއެކު، ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޖުމްލަ 132 ވިލާ ހިމެނޭ މި ރިސޯޓަކީ ރާއްޖޭގެ އެންމެ […]

ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ
Raajje

ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދި ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހު ކުއްލި ގޮތަކަށް މިރޭ ނިޔާވެއްޖެ އެވެ. އޭނާ ނިޔާވީ ކެލާގައި ހުއްޓައި ކުއްލި ސިއްހާލަތެއް ދިމާވެ ފަރުވާދިނުމަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުންކަމަށް މައުލޫމާތުލިބެއެވެ. އެނގިފައިވާގޮތުގައި ފައްތާހަށް ވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.  ފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ...

ކުޅުދުއްފުށީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

ކުޅުދުއްފުށީ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް އެހެން ސަރަހައްދަކަށް ބަދަލުކުރަން ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 238 ވަނަ ޢާންމު ބައްދަލުވުމުގައެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިިލުން ބުނިގޮތުގައި މި ބައްދަލުވުމުގައި ވަނީ އެ ސިޓީގެ ހަނި މަގުތައް ހުރި ސަރަހައްދުތަކުގައި ހުރި ބައެއް ގެތައް، އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ނިންމާފައެވެ. މިގޮތުން ކުޅުދުއްފުށީގެ “މަބު...

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
Raajje

ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒުގެ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، މަރުޙޫމާގެ ޢާއިލާއަށް ފުން ހިތާމައަކާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ދަތި ދަނޑިވަޅުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ދުޢާ ކުރައްވާފައެވެ. ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު ޚާލިދާ ޒިޔާ އަވަހާރަވީ...

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް
Thiladhunmathi News

ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސްގެ ގަރާރެއް

ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެކަމާ ގުޅޭ ޤަރާރު އިޞްލާޙު ކުރައްވައިފިއެވެ. މި ނިންމެވުމަކީ އެ ރަށުގެ ރައްޔިތުންގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ. ރައީސް އޮފީހުން ބުނިގޮތުގައި، މި ބަދަލު ގެންނެވުމުގެ މައިގަނޑު އެއް ބޭނުމަކީ 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ހިރިމަރަދޫ ރައްޔިތުންގެ އިންތިޚާބީ ދާއިރާއަ...

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި
Thiladhunmathi News

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުން ޝާއިއުކޮށްފި

އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއ...

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފި
Raajje

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފި

ސަރުކާރުގެ ‘ކޮންމެ ކުއްޖަކަށް އާއިލާއެއް’ ސިޔާސަތުގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 110 ކުދިން މިހާތަނަށް އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 110 ކުދިން އެކުދިންގެ އަމިއްލަ...

ބީއެމްއެލް އެފޯޑަބަލް އިން 2،341 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފި
Business

ބީއެމްއެލް އެފޯޑަބަލް އިން 2،341 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގް (އައިއެންއޭއެޗް) ފްރޭމްވޯކްގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީއިން ހުޅުމާލޭގައި 2،341 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ. ގައުމީ ބޭންކުން ބުނެފައި ވަނީ މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ޖަނަވަރީ މަހު ފެށުމަށް ތާވަލުކޮށްފައިވާކަމަ...

ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެނީ
Raajje

ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެނީ

ވެރިރަށް މާލޭގައި ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިނގައި ތޫނުއެއްޗަކުން ހަމަލާދީ އެކަކު ޒަޚަމްކޮށްލުމުން ފަރުވާދެމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ، މާލޭ ގެއެއްގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 18:42 އެހާއިރުކަމަށެވެ. މި ހާދިސާގައި އެކަކަށް އަނިޔާވެ، އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ފުލުހުން ވަނީ ހަމަލާދިން މީހާ ހައްޔަރުކޮ...

އާ އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 15 އިން ފެށިގެން
Raajje

އާ އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 15 އިން ފެށިގެން

އާ އުސޫލުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ 15 އިން ފެށިގެން ހުޅުވާލައިފިއެވެ. ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ އުޞޫލުތައް މިހާރު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާކަން ފާހަގަކޮށް ހައުސިން މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، މި އުސޫލު ތަކާއި އެއްގޮތަށް ގޯއްޗަށް އަދި ފުލެޓަށް އެދި 15 ޖަނަވަރީ 2026 އިން ފެށިގެން 14 އޭޕްރީލް 2026 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. މި އުސޫލުގެ ދަށުން […]

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒު އަޅަން 77 ރަށަކުން ޝައުގުވެރިވެއްޖެ
Raajje

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މަރުކަޒު އަޅަން 77 ރަށަކުން ޝައުގުވެރިވެއްޖެ

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވާނެ ފަދަ ތަފާތު ހަރަކާތްތައް ހިންގާނެ މަރުކަޒުތަކެއް ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މި މަޝްރޫއަކީ އިސްރަށްވެހިންގެ އިޖުތިމާއީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޢާއިޝަތު ޝިހާމް ވިދާޅުވިގޮތުގައި މި މަރުކަޒުތައް ނުވަތ...

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި
Raajje

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް ކުރިއަށް ގެންގޮސްފި

ހއ. އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ. މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ. އުލިގަމު ކައުންސިލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި […]

އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ
Raajje

އަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ

އަންނަ ރޯދަ މަހުގެ 27 ވިލޭރޭ ރާއްޖޭގައި އަލަށް 30 ހާފިޒުން ދަސްވެނިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ މިހާތަނަށް 21 ކުއްޖަކު ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމައި، ހާފިޒުކަމުގެ އިމްތިހާން ފުރިހަމަކޮށްފައެވެ. މީގެ އިތުރުން މިހާރު ވެސް 7 ކުއްޖެއްގެ […]

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ތަރައްގީކޮށް ނިންމުމަށްފަހު ހުޅުވާލައިފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލް އިދާރާގެ އައު ރިސެޕްޝަން އޭރިއާ މިހާރު ވަނީ ތަރައްޤީކުރެވި، ރައްޔިތުންނަށް ބޭނުންކުރުމަށް ހުޅުވާލާފައިކަމަށެވެ. ‘’އަޅުގަނޑުމެންގެ އަމާޒަކީ، މި އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހައިން އެދިލައްވާ، ރައްޔިތުންނަށް އަވަސް އަދި ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން.’’ ސިޓީ ކައުންސިލުން ބުނެފަވެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަ...