ކުޅުދުއްފުށީ ބޯޒިޔާރަތް ހުޅުވުން މިރޭ، ލައިވް މިޔުޒިކާއެކު ހަވާ އަރުވާނެ
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ބޯޒިޔާރަތް ބީޗު މިރޭ ހުޅުވަން ނިންމާފައިވާއިރު، މިކަމަށްބާއްވާ ރަސްމިއްޔާތުގައި ލައިވް މިޔުޒިކާއެކު ހަވާ އެރުވުން އޮންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ. ސިޓީ ކައުންސިލުން ބުނެފައިވާގޮތުގައި މިކަމަށް ބާއްވާ ރަސްމިއްޔާތު ފަށަން ނިންމާފައި ވަނީ މިރޭ (27 ޑިސެމްބަރ 2025) 20:30 ގައެވެ. މި ރަސްމިއްޔާތު ރާއްޖޭގެ ޕްރައިވެޓް ޓީވީ ޗެނަލެއްކަމަށްވާ ”އެސް.އެސް.ޓީ.ވީ” މެދުވެރިކޮށް ލައިވް ކުރާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީ...