ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މިއީ ނުރަސްމީ ދަތުރުފުޅެކެވެ.
ރައީސްގެ ދެކަނަބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންނެވިއިރު، ރައީސް އެންމެ ފަހުން ބޭރު ޤައުމަކަށް ވަޑައިގެންފައި ވަނީ އިނގިރޭސި ވިލާތަށެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން ބޭއްވުނު "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި މި ދަތުރުފު ރައީސް ކުރެއްވީ ނޮވެމްބަރު 30 އިން ޑިސެމްބަރު 2 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!