ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މީހާ ގެއްލިފައިވަނީ 26 ޖެނުއަރީ 2026 އިން ފެށިގެންނެވެ.
މި މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ 28 ޖެނުއަރީ 2026 ގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ.
އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!