ސިނާއީ ރަށް ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެމީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
އެމީހާ ގެއްލިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. އެމީހާ ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ހާމަކުރީ މިއަދު ހަވީރުއެވެ.
އެކަމުގެ އަޕްޑޭޓްދެމުން ފުލުހުން ބުނީ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަމެއް ފުލުހުން އަދި ނުބުނެއެވެ.
ފުލުހުން ބުނީ އިތުރު ތަފްސީލް ފަހުން ހާމަކުރާނެކަމަށެވެ.
މި މީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައިވަނީ 28 ޖެނުއަރީ 2026 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!