Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,685 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަނާއި ޖަމްޢިއްޔަތުއް ރަޙްމާ ގުޅިގެން ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް
Raajje

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަނާއި ޖަމްޢިއްޔަތުއް ރަޙްމާ ގުޅިގެން ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި (އެމްއެންޔޫއެސްޔޫ) ޖަމްޢިއްޔަތުއް ރަޙްމާ ގުޅިގެން، ރާއްޖޭގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފިއެވެ. ޖަމްޢިއްޔަތުއް ރަޙްމާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި ރޯދަވީއްލުމަކީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރިޖާ ޗެރިޓީ އެސޯސިއޭޝަނުން ދެއްވި ދީލަތި އެހީތެރިކަމާއެކު އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. މި ރޯދަވީއްލުމުގައި އެކި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންގެ ޔޫނިއަންތަކުގެ މަންދ...

ރާއްޖެއަށް ޑްރަގް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް
Raajje

ރާއްޖެއަށް ޑްރަގް އެތެރެކުރި ބަންގްލަދޭޝް މީހަކު އުމުރަށް ޖަލަށް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ. އެމްޑީ ސޮހަބް މިއަގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ، 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލަދޭޝް އެއާލައިންސްގެ BS337 ފްލައިޓުން ރާއްޖެ އައިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސ...

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި
Thiladhunmathi News

''ފުރަތަމަ ހަނިމާދޫ'' ނަމުގައި ސައިކަލް ބުރެއް ބާއްވައިފި

”ފުރަތަމަ ހަނިމާދޫ” ނަމުގައި ހދ. ހަނިމާދޫ ސައިކަލް ބުރެއް މިއަދު ބާއްވައިފިއެވެ. މި ސައިކަލް ބުރުގެ ބައިވެރިއަކު ބުނީ މިއީ، ހަނިމާދޫގެ ބިން ބޭނުންކުރުމަށް ހަނިމާދޫގެ ރައްޔިތުންނަށް އިސްކަން ދިނުމަށް ގޮވައިލާ ބޭއްވި ސައިކަލް ބުރެއްކަމަށެވެ. އޭނާ ބުނިގޮތުގައި އެރަށުގައި ގޯތި ދިނުމަށް ލޭންޑް ޔޫޒް ޕްލޭނުގައި މިހާރު ކަނޑައަޅާފައިވާ ތަނުން ދެވެނީ 200 ވަރަކަށް ގޯތި ކަމަށާއި، އެ ގޯތިތައް އެހެން ރަށަކުން ބަދަލުކުރާ ބަޔަކަށް (ހދ. ހިރިމަރަދޫ) ދޭން ނިންމާފައިވާތީ، ފުރަތަމަ ހަނިމާދޫގެ ރައްޔިތުންނަށް […]

ދިވެހި ޢުމްރާ ވެރިޔަކު މައްކާގައި ނިޔާވެއްޖެ
Raajje

ދިވެހި ޢުމްރާ ވެރިޔަކު މައްކާގައި ނިޔާވެއްޖެ

މާތްވެގެންވާ މައްކާގައި ޢުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މިރޭ ނިޔާވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިގޮތުގައި ނިޔާވެފައިވަނީ ގދ. ނަޑައްލާ، ޢަލީ އިބްރާހީމް ދީދީ އެވެ. ޢަލީ އިބްރާހީމް ދީދީ މައްކާއަށް ގޮސްފައިވަނީ ހިޖާޒު ކުންފުނީގެ ހަވާލުގައެވެ. އޭނާ ނިޔާވީ ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ކަމަށެވެ. ޝަހީމް ވިދާޅުވީ، ޢަލީ އިބްރާހީމް ދީދީގެ ކަށުނަމާދާއި ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި، މިރޭގެ ފަތި...

ދެން ދެ އަހަރު ފުރުމާ ހަމައަށް ދަރިފުޅު ބެލުމަށް ވަގުތު ލިބޭނެ
Raajje

ދެން ދެ އަހަރު ފުރުމާ ހަމައަށް ދަރިފުޅު ބެލުމަށް ވަގުތު ލިބޭނެ

ވަޒީފާއާބެހޭ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނިމިގެން ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް 2 އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައެޅުމެވެ. މިއީ މަސައްކަތްކުރާ މައިންބަފަ...

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު: ރަޝިޔާ
International

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު: ރަޝިޔާ

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފަށާފައިވާ މަސައްކަތްތައް ފެއިލްވެ، ވޮޝިންގޓަން ވަނީ ސަރަހައްދީ ބޮޑު މަޅިއެއްގައި ތާށިވެފައި ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ މި ބަޔާނަކީ އެގައުމުގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. 12 މާރިޗު 2026 ގައި ކްރެމްލިންއާއި ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ހިންގަމުންދަނީ ނާކާމިޔާ...

ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދީފިނަމަ ނަތީޖާ ވަރަށް ފޮނިވާނެ: ރައީސް
Raajje

ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދީފިނަމަ ނަތީޖާ ވަރަށް ފޮނިވާނެ: ރައީސް

ސަރުކާރަށް އެއްބާރުލުން ދޭނެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށްދީފިނަމަ، އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ފަރާތުން މިއަދު މާލޭގައި ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައް...

ކެންޑިޑޓުންނާ ސަޕޯޓަރުންނާ ޕީއެންސީންގެ ލީޑަރޝިޕާއެކު މާލޭގައި ސައިކަލް ބުރެއް
Raajje

ކެންޑިޑޓުންނާ ސަޕޯޓަރުންނާ ޕީއެންސީންގެ ލީޑަރޝިޕާއެކު މާލޭގައި ސައިކަލް ބުރެއް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން، އެ ޕާޓީގެ ކެންޑިޑޭޓުންނާއި ސަޕޯޓަރުން އަދި ލީޑަރޝިޕް ބައިވެރިވި ބޮޑު ސައިކަލު ބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ. މި ހަރަކާތަކީ ޕާޓީގެ ވަރުގަދަކަން ދައްކާލުމަށާއި ކެމްޕޭން ފޯރި ގަދަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސައިކަލު ބުރު ފެށީ މާފަންނު މެރީބްރައުން ސަރަހައްދުންނެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ދަތުރު މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވުމަށްފަހު ނިންމާލާފައިވަނީ...

ގޭގައި ރޯވުމުން ތާށިވި ބިދޭސީން ސަލާމަތްކުރަން ވަނީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން
Raajje

ގޭގައި ރޯވުމުން ތާށިވި ބިދޭސީން ސަލާމަތްކުރަން ވަނީ ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން

އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކު ނިޔާވެ، އިތުރު ބަޔަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު ހާދިސާއާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތު ދީފިއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 01:57 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް […]

އައްޑޫ ހިތަދޫ މޫދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
News

އައްޑޫ ހިތަދޫ މޫދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 މާރިޗު 13 ވާ ހުކުރު ދުވަހުގެ ހަވީރު 16:41 އެހާކަންހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު މިހާރު ވަނީ ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީއެއް ކަމަށް ފުލުހުން […]

''މާތް ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެއް''
Column

''މާތް ﷲގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެއް''

މާތް ﷲ ގެ ހަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ، ކިތަންމެ މަދުން ނަމަވެސް، އެ ޢަމަލެއް ކުރުމުގައި ދެމިހުންނަ ޢަމަލެކެވެ. މިއީ އިސްލާމީ މަންހަޖުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެކެވެ. މި މައުޟޫޢަށް ބިނާކޮށް ރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި ވަނީ ރަމަޟާންމަހަށް ފަހު ވެސް ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ. މިއަދުގެ ހުތުބާއިން ލިބިދިން މުހިންމު ބައެއް ދަރުސްތަކަށް ނަޒަރުކުރާއިރު، ރަމަޟާންމަސް އަހަރެމެންނާ ވަކިވަމުންދާއިރު...

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
News

މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ މިއަދު ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގެ މާފަންނު ދަކަންދާމަގުގައި ހުންނަ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:01 އެހައިކަންހާއިރުއެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) އެވެ. ފުލުހުން ބުނި ގޮތުގައި، މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރ...

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް ބިދޭސީއަކު މަރުވެއްޖެ
Raajje

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފަސް ބިދޭސީއަކު މަރުވެއްޖެ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޭ ރޯވެ ފަސް ބިދޭސީއަކު ނިޔާވެއްޖެއެވެ. ރޭ މެންދަމު ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައި ވާކަމަށެވެ. މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެފައިކަމަށް ވެސް ފުލުހުން ބުނެފަވެއެވެ. ”މި...

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
Raajje

ހުޅުމާލޭގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި

ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ރޭ ޒަޚަމްކޮށްލައިފިއެވެ. ފުލުހުން ރޭ ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ. ”މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއްނޫން، މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން” ފުލުހުން ބުނެފަވެއެވެ. ފުލުހުން ބުނީ، މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލު...

''ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް ދަނީ އަޅަމުން''
Raajje

''ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ފިޔަވަޅުތައް ދަނީ އަޅަމުން''

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ކުރު ރާސްތާ އަދި ދުރު ރާސްތާގެ ފިޔަވަޅުތައް އަޅަމުންދާކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެ...