Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,686 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ
Thiladhunmathi News

ކުޅުދުއްފުށީގެ 400 ހައުސިން ޔުނިޓުގެ މަސައްކަތް ފަށަން ތައްޔާރު: އެޗްޑީސީ

ކުޅުދުއްފުށީ ސިޓީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ. އެޗްޑީސީން މީސް މީޑިއާގައި ކުރި ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް، މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. ކުޅުދުއްފުށީގައި ހައުސިން ޔުނިޓް މަޝްރޫއު ފަ...

އިންޑިއާގެ ތެޔޮ ބޯޓުތަކަށް ހުރުމުޒުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ
International

އިންޑިއާގެ ތެޔޮ ބޯޓުތަކަށް ހުރުމުޒުން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދެނީ

އިންޑިއާގެ ދިދަ ޖަހާފައިވާ ތެޔޮ ޓޭންކަރުތަކަށް، ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ މަސްދަރަކުން ބުރާސްފަތި ދުވަހު ‘ރޮއިޓާސް’ އަށް މައުލޫމާތު ދީފިއެވެ. އިންޑިއާއަށް އެތެރެކުރާ ސާފުނުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް، އީރާނުގެ ބޭރުގައި ހުރި މަސްދަރަކުން ވަނީ މިފަދަ އެއްބަސްވުމެއް ގާއިމުކުރެވިފައިވާކަން ދޮގުކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީއާއި ނިއުދިއްލީގައި ހުންނަ އީރާނު އެމްބަ...

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދައުވާކޮށްފި
Raajje

ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލާގައި 8 މީހަކަށް ދައުވާކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ވަޅިން ބިރުދައްކައި ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން މިއަދު ބުނިގޮތުގައި މި މައްސަލާގައި ދައުވާތައް ހުށަހަޅާފައިވަނީ ފެބްރުވަރީ 8 އަދި 26 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޯބަރ 2025 ދުވަހުގެ ފަތިހު 4:15 އެހައިކަށްހައިއިރުއެވެ. ބީއެމްއެލްގެ ދެ […]

އިޒްރޭލުގައި ހުންނަ ސްޕެއިންގެ ސަފީރު އަނބުރާ ގެންދަން ނިންމައިފި
News

އިޒްރޭލުގައި ހުންނަ ސްޕެއިންގެ ސަފީރު އަނބުރާ ގެންދަން ނިންމައިފި

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި، އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ އާ ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން، އިޒްރޭލުގައި ހުންނަވާ ސްޕެއިންގެ ސަފީރު އަނބުރާ ގައުމަށް ގެންދިއުމަށް ސްޕެއިން ސަރުކާރުން ނިންމައިފިއެވެ. ސްޕެއިންގެ ރަސްމީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ވާގޮތުން، މި ނިންމުން ނިންމާފައިވަނީ ބުދަ ދުވަހުއެވެ. ސްޕެއިން އަކީ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ތެރެއިން އިޒްރޭލުގެ އުދުވާނަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ އެއް...

އަޅުގަނޑު ތާޢީދުކުރަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް: ރައީސް
Raajje

އަޅުގަނޑު ތާޢީދުކުރަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް: ރައީސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތާޢީދު ކުރައްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު މިއަދު ހާމަކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ހުޅުމާލެ ދެކުނު ދާއިރާގައި ދޮރުންދޮރަށް ހިންގެވުމަށްފަހު މިއަދު ރައީސް ވިދާޅު...

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ކޭއާރުއެޗު ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓާޝަރީ ފެންވަރަށް އަޕްގްރޭޑްކުރުމަށްޓަކައި އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އެމްޓީސީސީ ފަރާތުން ސޮއިކުރ...

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި
Raajje

ވޯޓުލުމުގެ ޙައްޤު 299,876 މީހަކަށް، ފައިނަލް ވޯޓާސް ލިސްޓު ޢާންމުކޮށްފި

2026 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ޢާންމުކޮށްފިއެވެ. މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ. މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެ...

ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި
Raajje

ދަނޑުވެރި ނަފާ ލޯނުގެ ގޮތުގައި 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަށް 54 ފަރާތަކަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މިހާތަނަ...

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި
Raajje

ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭއިން ތާއީދުކޮށްފި

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކޮށްފިއެވެ. އެ ޕާޓީން މިކަމަށް ތާއީދުކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިންތިޚާބުތައް އެއްކޮށްލުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ. އެ ޕާޓީނ...

ހުޅުމާލޭ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފި
Raajje

ހުޅުމާލޭ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން އިހުތިޖާޖުކޮށްފި

ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެސްޓޯރެންޓެއްގެ ބައެއް މުވައްޒަފުން، ކަންބޮޑުވުންތަކެއް ހުރުމުން މަސައްކަތް ހުއްޓާލައި އިހުތިޖާޖުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ ހަވީރު 15:50 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް، ރެސްޓޯރެންޓުގެ މެނޭޖްމަންޓާއި އިހުތިޖާޖުކުރަމުންދިޔަ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. ފުލުހުން މައުލޫމާތު ސާފުކުރުމުން އެނގުނު ގޮތުގައި، މު...

އެމެރިކާ އާއި އިސްރާއީލުގެ ސަފީރުން ބޭރުކޮށްލާ ގައުމުތަކަށް ހޮރުމުޒު އަމާންވާނެ: އީރާން
International

އެމެރިކާ އާއި އިސްރާއީލުގެ ސަފީރުން ބޭރުކޮށްލާ ގައުމުތަކަށް ހޮރުމުޒު އަމާންވާނެ: އީރާން

އެމެރިކާ އާއި އިސްރާއީލުގެ ސަފީރުން ބޭރުކޮށްލާ ގައުމުތަކަށް ހޮރުމުޒު ކަނޑުއޮޅީގައި އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެކަމަށް އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ. “ހޮރުމުޒު ޗޮއިސް” ގެ ނަމުގައި ދޭ މިފުރުސަތުގެ ދަށުން އެމެރިކާ އާއި އިސްރާއީލުގެ ސަފީރުން ގައުމުތަކުން ބޭރުކޮށްލުމުން ހޮރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ރައްކަން ކަށަވަރުކޮށްދޭނެކަމަށް އައި.އާރު.ޖީ.ސީ އިން ބުނެފަވެއެވެ. 10 މާރިޗު 2026 ގައި އާންމުކުރި މި ހުށަހެޅުމަކީ ދުނިޔޭގެ އިގްތި...

ޑްރަގާއިއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުލުހުން
Raajje

ޑްރަގާއިއެކު ހައްޔަރުކުރި ބިދޭސީއަކަށް އަނިޔާކުރިކަމުގެ އެއްވެސް ޝަކުވާއެއް ނުލިބޭ: ފުލުހުން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބިދޭސީއަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އެފަދަ އެއްވެސް ޝަކުވާއެއް އެ މީހާގެ ފަރާތުން މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ބިދޭސީ މީހާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) އިން ތަހުގީގު ކުރަމުންދާކަން ފުލުހުންގެ ހިދުމަތަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަށް ފު...

ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު
Raajje

ވަޠަނީ ޚިދުމަތުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ގެ ދަށުން ކުރިއަށް ގެންދާ “ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ” ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ދިފާޢީ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އުމުރުން 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ [...

މުޖުތަބާ ޚާމަނާއީ މަގާމަށް އައްޔަންކުރުމުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ބަސް
International

މުޖުތަބާ ޚާމަނާއީ މަގާމަށް އައްޔަންކުރުމުން ދުނިޔޭގެ ބައެއް ގައުމުތަކުގެ ބަސް

އީރާނުގެ އައު އެންމެ މަތީ ވެރިޔާ (ސުޕްރީމް ލީޑަރު) މުޖުތަބާ ޚާމަނާއީ އަކީ މީގެ ކުރިން ސަރުކާރުގެ ރަސްމީ އެއްވެސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި، އަވަހާރަވި ބައްޕާފުޅުގެ ފަހަތްޕުޅުން އެ މަގާމަށް މުޖުތަބާ އައްޔަންކުރެއްވުމަކީ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ކަމެކެވެ. އުމުރުފުޅުން 56 އަހަރުގެ މުޖުތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރީ އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިންނެވެ. މިއީ އޭނާގެ ބައްޕާފުޅ...

ކޮމަންވެލްތުގެ ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި
Raajje

ކޮމަންވެލްތުގެ ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ލުއި މާލީ އެހީ (ކޮންސެޝަނަލް ފައިނޭންސިންގ) ހޯދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިކަމަށް އިލްތިމާސްކުރެއްވީ މިއަހަރުގެ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ރައީސްގެ މެސެޖުގައި، ކޮމަންވެލްތަކީ ސުލްހަ މަސަލަސްކަމާއި، ހެޔޮވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތު...