މާތްވެގެންވާ މައްކާގައި ޢުމްރާގެ އަޅުކަން އަދާކުރަމުން ދިޔަ ދިވެއްސަކު މިރޭ ނިޔާވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވިގޮތުގައި ނިޔާވެފައިވަނީ ގދ. ނަޑައްލާ، ޢަލީ އިބްރާހީމް ދީދީ އެވެ.

Ad
rt

ޢަލީ އިބްރާހީމް ދީދީ މައްކާއަށް ގޮސްފައިވަނީ ހިޖާޒު ކުންފުނީގެ ހަވާލުގައެވެ.

އޭނާ ނިޔާވީ ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ކަމަށެވެ.

ޝަހީމް ވިދާޅުވީ، ޢަލީ އިބްރާހީމް ދީދީގެ ކަށުނަމާދާއި ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި، މިރޭގެ ފަތިސް ނަމާދަށްފަހުގައި ކަމަށެވެ.

މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިން ޢުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދުވަސްވަރެކެވެ.