ޔޫއެފާ ޗެމްޕިއަންސް ލީގު: ލިވަޕޫލް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް އަދި ރެއާލް މެންޗެސްޓަރ ސިޓީއާއި ދެކޮޅަށް
ޔޫރަޕްގެ ކުލަބް ފުޓުބޯޅައިގެ އެންމެ ފޯރިގަދަ އަދި އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގެ މިސީޒަންގެ ގްރޫޕް ސްޓޭޖްގެ ކުޅުން ނިމި ގަދަ 16 އަށް ދަތުރުކޮށްފައިވާ ޓީމުތަކުގެ މެދުގައި އިއްޔެ ވަނީ ގުރުއަތުލުން ބާއްވާފައެވެ. ގަދަ 16 ގައި އެންމެ ފަހުގެ ޗެމްޕިއަން ކަމުގައިވާ އިނގިރޭސި ވިލާތަށް ނިސްބަތްވާ ލިވަޕޫލް ބައްދަލު ކުރަން ޖެހޭނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ. ލިވަޕޫލް ވަނީ ހަ ފަހަރު ޖެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ […]