•  
  •  
  •  
  •  
  •  
  •  

މައި ކަޕް 2019ގެ ސެމީ ފައިނަލަށް ޔުނައިޓެޑް ޔޫތު އަދި އެންވީކޭ ޓީމް ދަތުރުކޮށްފިއެވެ.  ޔުނައިޓެޑް ޔޫތުއިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާފައިނަލްގެ ފުރަތަމަ މެޗްގައި 5-4 އިން ގަބީލާ ބަލިކޮށްގެނެނެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނެތުމުގެ ސަބަބުން ނަތީޖާ ނެރެފައިވަނީ ޕެނެލްޓީ ޖަހައިގެންނެވެ. ޔުނައިޓެޑް ޔޫތު އަދި ގަބީލާއިންވެސް ޖެހި ފުރަތަމަ ހަތަރު ޕެނެލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ގަބީލާ ޓީމްގެ ފަސްވަނަ ޕެނެލްޓީ ވަނީ ޔުނައިޓެޑް ޔޫތުގެ ކީޕަރ ދިފާއުކޮށްފައެވެ. ޔުނައިޓެޑް ޔޫތު ސެމީފައިނަލްގެ ޖާގަ ކަށަވަރުވީ މިމެޗްގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނު ފާރިސް ފޮނުވާލި ޕެނެލްޓީ ކާމިޔާބުކުރުމާއިއެކުއެވެ.

ކުއާޓާފައިނަލްގެ ދެވަނަ މެޗް ރޭ ކުޅެފައިވާއިރު އެންވީކޭ ޓީމް އިން ގަބީލާގެ މައްޗަށް 2-0 އިން ކުރިހޯދާ ސެމީފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައެވެ. އެންވީކޭ ޓީމްގެ ފުރަތަމަ ގޯލް މެޗްގެ 12 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ 11 އަށް ކުޅެމުން އަންނަ ހުނަރުވެރި ޒުވާން ކުޅުންތެރިއެއް ކަމުގައިވާ ހުސައިން ނާޝިދްއެވެ. އޭގެ ހަމިނިޓް ފަހުން މެޗްގެ ދެވަނަ ގޯލް 18 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެންވީކޭ ޖާޒީ ނަންބަރ 7، މުހައްމަދު މަދީހުއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެންވީކޭ ޖާޒީ ނަންބަރ 10، އިބްރާހިމް ހާމިދުއެވެ.

ޔުނައިޓެޑް ޔޫތު އަދި އެންވީކޭ ޓީމް ބައްދަލުކުރާ މައި ކަޕް 2019ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗް އޮންނާނީ މިހިނގާ ޑިސެމްބަރ މަހުގެ 17 ވާ އަންގާރަ ދުވަހުގެ ހަވީރު 4:00 ގައެވެ. އަދި މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައެވެ.

ޚިޔާލު

Your email address will not be published.