އިނގްލިޝް ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލެސްޓަރ ސިޓީ އާއި ނޮވިޗް ސިޓީ ބައްދަލު ކުރިމެޗް އެއްވަރުވި އިރު ބޯންމަތް އަތުން ޗެލްސީ ބަލިވެއްޖެއެވެ.

ތާވަލްގެ ދެވަނައިގައި އޮތް ލެސްޓަރ ސިޓީ އަދި ތާވަލްގައި ފަހަތުން ދެވަނަ އަދި ރެލިގޭޝަ ޒޯންގައި އޮތް ނޯވިޗް ސިޓީ އާއި ބައްދުކުރިމެޗް އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލިދު ނެގީ ނޯވޮޗްއިންނެވެ. 26 ވަނަ މިނިޓަގައި ނޯވިޗްގެ ގޯލް ކާމިޔާބުކޮސްދިނީ މިސީޒަނގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ޓީމޫ ޕުކީއެވެ. މިއީ ޕްރިމިއަރ ލީގުގައި ޕުކީ ކާމިޔާބުކޮށްދިން ނުވަވަނަ ގޯލެވެ. ލެސްޓާސިޓީގެ ގޯލްފެނިގެންދިޔައީ މެޗްގެ 38 ވަނަ މިނިޓްގައެވެ. ލެސްޓާގެ ގޯލަކީ ނޯވިޗްގެ ކީޕަރ ޓިމް ކުރުލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ލެސްޓަރއިން ނެގި ކޯނަރެއް އެޓީމްގެ ސްޓްރައިކަރ ޖެމީ ވާޑި ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރ ކުރުލް ގެ އަތުގައި ޖެހިފައެވެ.

Ad
rt

ޕްރިމިއަރ ލީގުގެ ހަތަރުވަނައިގައި އޮތް ޗެލްސީ ރޭ އަމިއްލަ ސްޓޭޑިއަމް ކަމުގައިވާ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުންވަނީ ބަލިވެފައެވެ. ޗެލްސީ\ ބަލިވެފައި ވަނީ ބޯންމަތު އަތުން 0-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް ބޯންމަތަށް ކާމިޔާބުކޮށްދިނީ މެޗްގެ 84 ވަނަ މިނިޓްގައި ޑެން ގޮސްލިންގްއެވެ.

ލެސްޓަރ ސިޓީ ރެގެ މެޗުން އެއްވަރު ވުމާއެކު ވަނީ ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލްއާއި ދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ފުޅާވެފައެވެ. ލެސްޓަރ ސިޓީއަށް ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު 17މެޗުން ލިބިފައިވަނީ 39 ޕޮއިންޓެވް. އެއްވަނައިގައި އޮތް ލިވަޕޫލްވަނީ 17 މެޗުން 49 ޕޮއިންޓް ހޯދާފައެވެ. ރޭގެ މެޗުން ބަލިވުމާއިއެކު ޗެލްސީ އޮތީ 17 މެޗުން ލިބުނު 29 ޕޮއިންޓާއި އެކު ތާވަލްގެ ހަތަރުވަނައިގައެވެ.