•  
  •  
  •  
  •  
  •  
  •  
  •  

ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ 12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕްގެ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯއާއި ދެކޮޅަށް ނުކުންނާނެ ޓީމަކަށް މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ކަމުގައިވާ ޑެޒްލިން ރޯވާސް ހޮވިއްޖެއެވެ.

ޑެޒްލިން ރޯވާސްއިން ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކުރީ މިއަދު ބޯ ވިއްސާރައިގައި ކުޅުނު ފޯރިގަދަ ސެމީފައިނަލް މެޗްގައި އެފްސީ ލެޖެންޑްސްގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މެޗްގެ ހަމައެކަނި ގޯލް ޑެޒްލިން ރޯވާސްއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ހުޝާމްއެވެ. ސެމީފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑެޒްލިން ރޯވާސްގެ އަބްދުﷲ އިހްވާން (ޑުންގާ) އެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޑެޒްލިން ރޯވާސްގެ ހުސައިން ޝަރީފަށް ސީދާ ރަތްކާޑު ދައްކާ ވަނީ ދަނޑުން ފޮނުވާލާފައެވެ. ޑެޒްލިން ރޯވާސްއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހުމުގެ ފައިދާ އެފްސީ ލެޖެންޑްސްއަށް ވަނީ ނެގޭގޮތް ނުވެފައެވެ. އަދި މެޗްގެ ފަހު ހާފްގައި އެފްސީ ލެޖެންޑްސްގެ އަހުމަދު ސާދިގްއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއި އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމުބާރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާ އެފްސީ ޑީޖޭ އަމިކޯއަކީ ފިއްލަދޫ ހޮލިޑޭ ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެފްސީ ޑީޖޭ އަމިކޯވަނީ މިހާތަނަށް 8 ފަހަރު ފިއްލަދޫ ހޮލިޑޭ ކަޕްގެ ފައިނަލްގައި ވާދަކޮށް ފަސް ފަހަރު ފިއްލަދޫ ހޮލިޑޭ ކަޕް ކާމިޔާބުކޮށްފައެވެ. ޑެޒްލިން ރޯވާސްއިން އެންމެ ފަހުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯ ބަލިކުރުމަށްފަހުގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ފިއްލަދޫ ހޮލިޑޭ ކަޕްގައި އެފްސީ ޑީޖޭ އަމިކޯއާއި ޑެޒްލިން ރޯވާސް ބައްދަލުކުރާ ފޯރިގަދަ ފައިނަލްމެޗްގެ ކުޅުން އޮންނާނީ މިހިނގާ ޑިސެމްބަރ މަހުގެ 3 ވާ އަންގާރަ ދުވަހުގެ ހަވީރު 15:45 ގައެވެ.

ފިއްލަދޫ ހޮލިޑޭ ކަޕްގެ 12 ވަނަ މުބާރާތް ކުރިއަށްދަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކާމާއިއެކުއެވެ. އެގޮތުން މިފަހަރުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ “ތިލަދުން” އެވެ.

 

 

ޚިޔާލު

Your email address will not be published.