12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕްގައި މިއަދުވެސް ވަނީ ދެ މެޗް ކުޅެފައެވެ. މިއަދު ހެނދުނު ކުޅުނު މުބާރާތުގެ ތިންވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ލެޖެންޑްސް އަދި ޑީޖޭ އަމިކޯއެވެ. މިމެޗް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެފްސީ ލެޖެންޑްސްއެވެ. މިމެޗްގެ މޭން އޮފް ދި މެޗަކަށް ހޮވިފައި ވަނީ އެފްސީ ލެޖެންޑްސްގެ ޝައިބާން އުސްމާންއެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ހަތަރުވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ގޫޕްސް އަދި އެންމެ ފަހުގެ ޗެމްޕިއަން ޑެޒްލިންގް ރޯވާސްއެވެ. މިމެޗް ފަސޭހަކާމާއިއެކު ޑެޒްލިންގް ރޯވާސް ވަނީ ކާމިޔާބުކޮށްފައެވެ. އެފްސީ ގޫޕްސްގެ މައްޗަށް ޑެޒްލިންގް ރޯވާސް ކުރިހޯދީ 6-0 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗްގެ މޭން އޮފް ދި މެޗަކަށް ހޮވިފައި ވަނީ ޑެޒްލިންގް ރޯވާސް ހުސެއިން ޝަރީފްއެވެ. ޑެޒްލިންގް ރޯވާސްވަނީ ކުޅުނު ފުރަތަމަ މެޗްއިން 4-0 ގެ ތަފާތު ބޮޑުކޮށް އެފްސީ ލެޖެންޑްސް ފަސޭހަކަމާއި އެކު ބަލިކޮށްފައެވެ.

Ad
rt

މި މުބާރާތުގައި މާދަމާވެސް ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު ހެނދުނު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ފޮލޯމީ އަދި ޑީޖޭ އަމިކޯއެވެ. އަދި ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މާދަމާގެ ދެވަނަ މެޗްގައި ބައްދަލުކުރާނި އެފްސީ ލެޖެންޑްސް އަދި އެފްސީ ގޫޕްސްއެވެ.

މި މުބާރާތަކި ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫ ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށް ކޮންމެ އަހަރަކު ސްކޫލް ބަންދާއި ދިމާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ކޯސްޕޮންސަރުންގެ ގޮތުގައި އެމްޓީސީސީ، ޖީއެމްއައިޒެޑްއެލް ގެ އަދި ކޫލް ޓެމްޕް މޯލްޑިވްސް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ "ތިލަދުން" އެވެ.