އިނގްލިޝް ޕްރިމިއަރ ލީގުގައި މިއަދު ކުޅުނު މެޗްވެސް ލިވަޕޫލްއިން ކާމިޔާބުކޮށް ލީޑް 11 ފޮއިންޓަށް ފުޅާކޮށްފިއެވެ.
ލިވަރޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިމެޗް ލިވަޕޫލްއިން ކާމިޔާބުކުރީ ތާވަލްގެ ފުލުގައި އޮތް ވޮޓްފޮޑްގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ

ލިވަޕޫލްއިން މިއަދު މެޗްގައި ކާމިޔާބުކުރި ދެގޯލްވެސް ކާމިޔާބުކޮށްދިނީ މިސްރުގެ ތަރި މުހައްމަދު ސަލާހްއެވެ. މެޗްގެ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ 38 ވަނަ މިނިޓްގައެވެ. މިގޯލަކީ ވޮޓްފޮޑަށް ލިބުނު ކޯނަރުގެ ބޭނުން ނުކުރެވުމުގެ ފައިދާނަގާ ކައުންޓަރ އެޓޭކްގައި މާނޭ ދިން ބޯޅައަކުން ސަލާހް ވޮޓްފޯޑްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިން ގޯލެކެވެ. މެޗްގެ ދެވަނަގޯލް ސަލާހް ކާމިޔާބުކޮށްދިނީ އޮރީގީ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗްގެ ފަހުމިނިޓްގައެވެ.

Ad
rt

ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ވޮޓްފޮޑްއަތުން ލިބުނު ތިން ޕޮއިންޓާއިއެކު ލިވަޕޫލް ޕޮއިންޓް ތާވަލްގެ ކުރީގައި މިވަގުތު އޮތީ ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށްވުރެ 11 ޕޮއިންޓްގ އިތުރަށް ހޯދައިގެންނެވެ. ލިވަޕޫލްއިން ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗްއިން ވަނީ 49 ޕޮއިންޓް ލިބިފައެވެ. ލެސްޓާ ސިޓީ ދެވަނައިގައި އޮތީ ކުޅުނު 16 މެޗްއިން 38 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ލެސްޓާ ސިޓީ އަދި ނޯވިޗް ސިޓީ ބައްދަލުކުރާ މެޗް އިން މޮޅުވެއްޖެނަމަ ލިވަޕޫލްއާއި ދެމެދުއޮތް ފަރަގު 8 ޕޮއިންޓަށް ކުޑަވާނެއެވެ. ފާއިތުވި ސީޒަންގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ކުޅުނު 16 މެޗްއިން ލިބުނު 32 ޕޮއިންޓާއިއެކު ތިންވަނައިގައެވެ.