ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީއެއް އެޅުމަށް ބިން ހަމަޖައްސައިފި
ދިވެހިރާއްޖޭގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފިއެވެ. ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ސަހަރާ ހުރި ބިމުން އެކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝ...