ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ޚިދުމަތްތައް އަވަސްކުރުމަށް ''ކޯލް ސެންޓަރެއް''
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ދެމުންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ވުޒާރާގެ ރަސްމީ ކޯލް ސެންޓަރު އިފްތިތާޙުކޮށްފިއެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ޚިދުމަތް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހަ މަގަކުން މަޢުލޫމާތު ފޯރުކޮ...