ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރުމަށްޓަކައި ހަތް ފަރާތަކަށް މަގުކޮނުމުގެ ލައިސަންސް ދޫކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ސިޓީގައި މަގުކޮނުމުގެ މަސައްކަތް ކުރެވޭނީ ހަމައެކަނި މި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ލައިސަންސް ދޫކުރުމާއެކު، މަގު ކޮނެ، މަގުގައި ތަކެތި ވަޅުލުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މަގުގައި ތަކެތި ވަޅުލައިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

Ad
rt

ކުޅުދުއްފުށި ސިޓީގައި މަގުކޮނުމުގެ ލައިސަންސް ދޫކުރި ފަރާތްތައް

  • އީ ހޯމް ސޮލިއުޝަންސް
  • ބޮކިފަތި
  • ވިސްޓޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ވޭވްލެންތު ޕްރައިވެޓް ލިމިޓެޑް
  • އަލިބެ އިންވެސްޓްމަންޓް
  • ކެނަލް އިންވެސްޓްމަންޓް
  • ޗޮއިސް އެންޑް ޕްލަސް

މި ފިޔަވަޅަކީ ކުޅުދުއްފުށީގެ މަގުތައް ހަލާކުވުން ހުއްޓުވުމަށާއި، މަގުކޮނުމުގެ މަސައްކަތްތައް ވަކި ތަރުތީބަކުން އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެއްކަމަށް ބެލެވެއެވެ.